ހިންމަފުށީގައި ހުންނަ ޑްރަގު ރިހެބިކިޓޭޝަން ސެންޓަރުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭއިން) އިން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ ފަރުވާއަށް ބޭނުންވާ އެތައް ބަޔަކު މުޖްތަމައުގައި ތިބިކަން ފާހަގަވާ ކަމަށާއި ފަރުވާއަށް ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިހާރު ހުރި މަރުކަޒުތަކުގައި އެކަށީގެންވާ ޖާގަ ނެތް ކަމަށެވެ. އެހެންކަމުން އިތުރު 500 ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މީގެއިތުރުން އޭނާ ވިދާޅުވީ އެ ސެންޓަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ ސެންޓަރުގައި ހުރީ 200 މީހުންނަށް ފަރުވާ ދެވޭ ކެޕޭސިޓީއެއް ކަމަށެވެ. އަދި ރާޝިދު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް އިތުރުކޮށް އެ ތަންތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކޮށްފައި ނުވާ ކަމަށެވެ.
މިދައުރު ނިމޭއިރު ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް މިހާރު ޖާގަ ހުރި މިންވަރަށްވުރެ 1000 މީހުންގެ ޖާގައަށް އިތުރުކުރެވޭނެ ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.