އެމްޑީޕީން ވެރިކަން ކުރީ ސްކޫލްތައް މޯގޭޖްކޮށްގެން، ނިންމާލީ ގައުމުގެ މިނިވަންކަން މޯގޭޖްކޮށްފަ: އެމްޕީ ފަލާހް

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވެރިކަން ކުރީ ސްކޫލްތައް މޯގޭޖްކޮށްގެން ކަމަށާއި ވެރިކަން ނިންމާލީ ގައުމުގެ މިނިވަންކަން މޯގޭޖްކޮށްފައިކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ކަނޑައެޅުމުގެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް އިއްވުމުން އެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

މެންބަރު ފަލާހު އެމްޑީޕީގެ ވާހަކަ ދައްކަވާފައިވަނީ އޭނާ ރިޕޯޓަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އޭސީސީއަކީ ކަމެއް ކުރާ ތަނެއް ނޫންކަމަށް ވިދާޅުވުމުންނެވެ. ފަލާހު ވިދާޅުވީ މެންބަރު މުހައްމަދު އިބްރާހިމް ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ކުރި އެއްވެސް ވައްކަމެއް އޭސީސީއަށް ބެލިފައި ނުވާކަމަށެވެ.

އެ ސަރުކާރު (އެމްޑީޕީ ސަރުކާރު) ތެރޭގައި އަޅުގަނޑު ދަންނަވާނީ ނުހިނގާ ވައްކަމެއް މަދު ވާނެ. އެހެންނަމަވެސް އޭސީސީއަކަށް މާ ބޮޑު ކަމެއް ނުކުރެވުނު. އެހެންވީމާ ހަގީގަތުގައި އަޅުގަނޑު އޭސީސީއަށް ހަމަ ދަންނަވާލަން އޮތް ވާހަކައަކީ މިދިޔަ ސަރުކާރުން، އެމްޑީޕީ ސަރުކާރުން ހާއްސަ ގޮތެއްގައި ހިންގާފައި އެހެރަ ޖަރީމާތަކާއި ކޮށްފައި ހުރި ވައްކަންތައް ވަރަށް ރަނގަޅަށް އެބަ ޖެހޭ ބަލަން.

އެމްޑީޕީ ވެރިކަމުގައި ތަންތަން މޯގޭޖް ކުރަމުން ކުރަމުން ގޮސް ސްކޫލްތަކަށް ދަންދެން މޯގޭޖް ކުރިކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ސްކޫލްތައް ހުސްވެގެން ވެރިކަން ނިންމާލާފައި ދިޔައީ ގައުމުގެ މިނިވަންކަންވެސް މޯގޭޖްކޮށްފައިކަމަށާއި މި ސަރުކާރުން މިހާތަނަށް ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ މިނިވަންކަން މޯގޭޖްކޮށްފައި އޮތް އިތުން ނިމުމަކަށް ގެނައުންކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މި ގައުމުގެ މިނިވަންކަން މޯގޭޖްކޮށްފައި ދިޔަ ހަމަ އެކަނި ވެރިކަމަކީ އެމްޑީޕީގެ ވެރިކަން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްޑީޕީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ