ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަލްޓަލް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުން ވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 18 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 24 ގައި އަގު ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

އެ ތަންތަން މިހާރު ހުރި ހާލަތު ބެއްލެވުމަށް ފަހު ރައީސް އެކްސްގައި ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަނެއް ކަމަށެވެ.

އެ ތަންތަނަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ހަދާފައިވާ ދެ ތަނެކެވެ.

މާލެ ސިޓީ ކައުންސިލް ސަލްޓަން ޕާކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ