ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން ދެ ފަރާތަކަށް އިންވެސްޓްމަންޓް އެޑްވައިޒަރީ ލައިސަންސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދޫކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުން، އިންވެސްޓްމަންޓް އެޑްވައިޒަރގެ ލައިސަންސް ދޫކޮށްފައިވަނީ އާރކްސްޓޯން ޕްރައިވެޓް ލިމިޓެޑް އަށެވެ. އަދި އިންވެސްޓްމަންޓް އެޑްވައިޒަރ ރެޕްރެޒެންޓޭޓިވްގެ ލައިސަންސް ދޫކޮށްފައިވަނީ ޢާޞިމް ޢަބްދުލް މަޖީދު އަށެވެ.
މި ލައިސަންސްތަކުގެ މުއްދަތަކީ 11 ފެބްރުވަރީ 2025 އިން ފެށިގެން 5 އަހަރު ދުވަހެވެ.
އިންވެސްޓްމަންޓް އެޑްވައިޒަރީ ލައިސަންސްގެ ދަށުން، މި ދެ ފަރާތަށް ރާއްޖޭގެ މާލީ ބާޒާރުގައި އިންވެސްޓްމަންޓް އެޑްވައިޒަރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ކުރިއެރުވުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



