އަލްހާންގެ ފަރާތުން އެދުނީ ދައުވާ ބޭރުކުރަން

Advertisement

އެންމެ ފަސް

Advertisement

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހިންގި ޕޯންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ދައުވާތައް ބޭރުކުރަން ހުށަހަޅައިފި އެވެ.

މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި 3 ނޮވެންބަރު 2023 ގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނިޣެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ވަނި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅާފަ އެވެ. އެގޮތުން އަލްހާން އަދި އޭނާގެ ދެ ކޮށްކޮގެ ފަރާތުން އެދިފައިވަނީ، އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަލްހާންގެ ވަކީލުގެ ފަރާތުން ބުނެފައިވަނީ ޖިނާއީ ކުށެއްކަމަށް ވީނަމަވެސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ އެ ކުންފުންޏެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ޤާނޫނުލްއުޤޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވޭގޮތަށް އޮންނަކަން ފާހަގަ ކޮށްފައިވެ އެވެ.

މި ވާހަކަތަކުގެ ރައްދުގައި ދައުލަތުން ބުނެފައިވަނ،ީ ދައުވާކުރީ ކުންފުންޏަކުން ކުށެއް ކޮށްގެން ނޫންކަމަށާއި، ދައުވާކުރީ ފަރުދީ ހައިސިއްޔަތުން ކުރި ކުށަކާ ގުޅިގެންކަމަށެވެ.

މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދިފާއުގެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

މި މައްސަލައިގައި އަލްހާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ، ޞަޙުބާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ އަދި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ އުފުލާފައިވެ އެވެ.

ދައުވާ ކުރި ސަބަބު:

މި ދަޢުވާތައް ކޮށްފައިވާ ސަބަބުގެ ގޮތުން ޕީޖީން މީގެކުރިން ބުނެފައިވަނީ އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ޕީޖީން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ. އިތުރު މައްސަލަތައް ފުލުހުން ތަހުގީގު ކުރާކަން އޭރު ހާމަކޮށްފައިވެ އެވެ. 

ކްރިމިނަލް ކޯޓު އަލްހާން ފަހުމީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ