ބޭހުގެ މައްސަލަ ހައްލުކޮށްދޭން އާސަންދައިގައި އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ބައެއް ބޭސްތައް ނުލިބޭތީ އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައިގައި އެދިއްޖެ އެވެ.

މެންބަރު ކުޑޫ އާސަންދައިގެ އެމްޑީ އާމިނަތު ޒީނިޔާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ބޭސްސިޓީގައި ލިޔެފައި ހުންނަ ބޭސް އަމިއްލަ ބޭސްފިހާރަތަކުން އާސަންދައިގެ ދަށުން ނުލިބުމުގެ އިތުރުން އެ ބޭސް އެސްޓީއޯއިންވެސް ނުލިބޭ މައްސަލަ ފާހަގަވަމުންދާ ކަމަށެވެ.

ބައެއްފަހަރު ޑޮކްޓަރުން ލިޔުއްވާ ބޭސް އެއްވެސް ވަރަކަށް ރާއްޖެއިން ނުލިބޭ މައްސަލަވެސް ފެންމަތިވާކަމަށް މެންބަރު ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. މި މައްސަލަ ހާއްސަކޮށް ފާހަގަކުރެވެނީ އުމުރުން ދުވަސްވީ މީހުްނނާއި ދިގުމުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ކަމަށްވެސް ފާހަގަ ކޮށްފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ސިޓީގައި ވަނީ، ދާއިމީގޮތެއްގައި ބޭސްކާންޖެހޭ މީހުންގެ ތެރެއިން ހަކުރުބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެލިބޭނޭގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތކެއްކަން ފާހަގަ ކުރައްވާފަ އެވެ.

އެހެންކަމުން މެންބަރު ކުޑޫ ވަނީ މިކަން ހިނގަމުންދަނީ ކޯއްވެތޯ ބައްލަވައިދެއްވައި މިކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް އެދިފަ އެވެ.

ރައްޔިތުންގެ މަޖިލިސް އާސަންދަ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ