ރޯދަ އެލަވެންސް އަންހެނުންގެ ކޮމިޓީތަކަށް ދޭން އިސްލާހު ހުށައަޅައިފި

Advertisement

އެންމެ ފަސް

Advertisement

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ރޯދަމަހުގެ އިނާޔަތް ދިނުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

މި އިސްލާހުގައިވާ ގޮތުން، ޑަބްލިއުޑީސީތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުގައި ހިމެނުމަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން، ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،000 ރުފިޔާ ލިބޭނެ ގޮތަށް ވަނީ ހުށަހަޅާފަ އެވެ.

މިހާރު ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް މުސާރައާއި ލިވިންގ އެލަވަންސްގެ ގޮތުގައި 7،000 ރުފިޔާ، ނައިބު ރައީސަށް 6،500 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ލިބެމުންދެ އެވެ. ރަށު ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސަށް 6،000 ރުފިޔާ، ނައިބު ރައީސަށް 5،500 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ލިބެމުންދެ އެވެ.

އަންހެނުންގެ ކޮމިޓީތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެއީ ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި އޮންނާތީ، ވިހެއުމުގެ ޗުއްޓީއާއި ރޯދަމަހުގެ އެލަވަންސް އަދި ބޭންކްތަކުން ލޯނު ނެގުން ފަދަ ފުރުސަތުތައް މެންބަރުންނަށް ނުލިބުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކުރިއަށް އޮތް ރޯދަމަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ