ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މިނިސްޓަރު ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ރައީސް މުއިއްޒު ހަވާލު ކުރެއްވީ ނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަންކޮށްފައިވަނީ ނޮވެމްބަރު 17، 2023 ގަ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ފައިސަލް ހުންނެވީ 1 އަހަރާ 2 މަހާއި 12 ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި ފައިސަލް ވަނީ ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތަކަށް އިސްކަންދިނުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކުރުމަށް ކުރެއްވި މަސައްކަތް ހިމެނެ އެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޑިޕްލޮމެޓިކް ގުޅުން ރޫޅުމަކަށް ފަހު އިންޑިއާގެ ފަތުރުވެރިންގެ އަދަދު އަލުން އިތުރުކުރުމަށް ”ވެލްކަމް އިންޑިއާ“ ފަދަ ކެމްޕޭންތައް ފެއްޓެވުމެވެ. މީގެ އިތުރުން، ރިސޯޓުތަކުގެ އޮކިއުޕަންސީ އަދި ފަތުރުވެރިންގެ ޚަރަދުކުރުން އިތުރުކުރުމަށްވެސް އޭނާ ވަނީ އަމާޒު ހިފާފައެވެ.

ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން މިވަގުތާ ހަމައަށް ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ