އިދާރާތަކުން ވަންގަވްގައި ބައިވެރިނުވާ މައްސަލަ މަޖިލީހަށް

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދޭ ”ވަންގަވް“ ގައި ސަރުކާރުގެ ބައެއް އިދާރާތަކުން ބައިވެރިނުވާ މައްސަލައިގައި ޓްރޭޑްނެޓް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

”ވަންގަވް“ގެ ބެލެނިވެރި ކުންފުނި ޓްރޭޑްނެޓްގެ ވެރިން މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި މައްސަލައިގައި މެންބަރުން މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ”ވަންގަވް“ގެ ވިއުގައިގާ މިހާތަނަށް ބައިވެރިވެފައިވަނީ 14 އިދާރާއެއް ކަމަށެވެ.

ސިޓީގައި ވިދާޅުވެފައިވަނީ ”ވަންގަވް“ އާ ނުގުޅި އަމިއްލަ ވިއުގަތައް ގާއިމްކޮށްގެން ބައެއް އިދާރާތަކުން މަސައްކަޔް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާކަންވެސް ފާހަގަ ކޮސްފައިވެ އެވެ. އަދި މިކަމުގައި ހުރަސްތަކެއް ހުރިނަމަ އެކަންކަން ދެނެގަނެ ހައްލެއް ހޯދުމަށް ޓްރޭޑްނެޓްގެ އިސްވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރުމަށް މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޓްރޭޑްނެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ