ހަމާސްއިން ރަހީނުންގެ ލިސްޓު ނުދޭހާ ހިނދަކު ހަނގުރާމަ ހުއްޓާނުލާނަން: ނަތަންޔާހޫ

Advertisement

އެންމެ ފަސް

Advertisement

ހަމާސްއިން ހައްޔަރުކޮށްފައިވާ މީހުންގެ ލިސްޓެއް ލިބެންދެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނާންނާނެ ކަމަށް އިސްރާއީލުގެ ޕްރައިމް މިނިސްޓަރ ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ނެތަންޔާހޫ ބުނެފައިވަނީ، ”އެއްބަސްވެފައިވާ ގޮތަށް ދޫކޮށްލާނެ ބަންދުމީހުންގެ ލިސްޓު ލިބެންދެން އަޅުގަނޑުމެން އެއްބަސްވުމާއިގެން ކުރިއަށް ނުދާނަން. އިސްރާއީލުން އެއްބަސްވުމާ ޚިލާފުވުމަށް ފުރުޞަތެއް ނުދޭނެ. މިކަމުގެ މުޅި ޒިންމާ އުފުލަންޖެހެނީ ހަމާސްއިން“ މިފަދައިން ނެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ހަމާސްއިން ދޫކޮށްލާނެ 33 ބަންދުމީހުންގެ ލިސްޓު ލިބެންދެން އިސްރާއީލުން ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެންނާނެ ކަމަކަށް ނުދެކެވޭ ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެ އެވެ.

މި ބަޔާން އައިސްފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، ދެފަރާތުން ވެސް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ހަމާސް ބެންޖެމިން ނަތަންޔާހޫ އަނިޔާވެރި އިސްރާއީލް އިޒްރޭލް އިޒްރޭލް-ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ