ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުން ޑިޖިޓަލް ރޯޑްމެޕުގެ މާސްޓަރޕްލޭން އެކުލަވާލުމަށް ކުރެވޭނެ މަސައްކަތްތައް އެނގިގެންދިޔަކަމަށ ޓްރޭޑްނެޓް ކުންފުނީގެ ޗެއާމަން ސިޔާހު ހަލީލު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސިޔާހު ހަލީލު ވިދާޅުވެފައިވަނީ މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.
ޝިޔާހު ވިދާޅުވިު ވިދާޅުވި ގޮތުގައި، މި ދަތުރުގެ ސަބަބުން ސަރުކާރުން މިހާރު ކުރަމުންދާ ޑިޖިޓަލް މަސައްކަތްތަކަށާއި، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލް ތަޞައްވުރާއި އަމާޒު ޙާޞިލުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ. އަދި މި ދަތުރުގައި އެ ޤައުމުގެ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ސްޓާޓަޕްތަކާއެކު މަޝްވަރާކުރެވި، އެ ފަރާތްތަކުގެ ކާމިޔާބީތަކާއި ތަޖުރިބާތައް ބަލައި، ރާއްޖެއަށް އެންމެ އެކަށީގެންމެ އެކަށީގެންވާ ސްޓްރެޓެޖީތައް ގެނައުމަށް މަސައްކަތްކުރެވުނު ކަމަށެވެ.
ޝިޔާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ސަރުކާރުން ކުރަމުންދާ ޑިޖިޓަލް ރޯޑްމެޕުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، މި ދަތުރުގެ ތަޖުރިބާގެ އަލީގައި ރާއްޖެއަށް އެންމެ ރަނގަޅު ސްޓްރެޓެޖީތައް އެކުލަވާލެވޭނެ އެވެ. އަދި މި ދަތުރުގައި ސިވިލް ސޮސައިޓީ ތަމްސީލުކުރާ ފަރާތްތަކުން ވެސް ބައިވެރިވެ، އެ ފަރާތްތަކަށް ލިބުނު ތަޖުރިބާ ސްޓާޓަޕް ނެޓްވޯކާ ހިއްސާކުރެވޭނެ އެވެ.
ޝިޔާހު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޑިޖިޓަލް ސްޓްރެޓެޖީތައް އެކުލަވާލުމުގައި ޕްރައިވެޓް ސެކްޓަރ ޝާމިލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ދަތުރުގައި ލިބުނު މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝިޔާހު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު އެމަނިކުފާނު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.
