މިފްކޯގެ ޗެއާމަން ޝަރީފް އެމްއެފްއޯއާރްއެމްޕީސީ އައް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް މަސްވެރިކަމާ ގުޅުން ހުރި އިތުރު ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.

ޕްރައިވައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޝަރީފް އެ މަގާމުން ވަކިކޮށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރްއެމްޕީސީ)ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ އެމްއެފްއޯއާރްއެމްޕީސީ ކުންފުނި އުފެއްދީ މި އަހަރު ފެބްރުއަރީ މަހު އެވެ.

މި ކުންފުނި އުފެއްދެވުމުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނެ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ