ޗާގޯސް މައްސަލައިގައި ރައީސް ފޮނުއްވި ސިޓީ ހާމަނުކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗާގޯސް މައްސަލައިގައި އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީ ހާމަނުކުރަން ރައީސް އޮފީހުން ނިންމައިފި އެވެ.

މިދިޔަ މަހު ބޭއްވުނު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ޗާގޯސްގެ ރަށްތައް ރާއްޖެއަށް ދިނުން މާ އައުލާކަން ބޮޑު ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ތާރީޚީ ލިޔެކިޔުންތަކުން ޗާގޯސްއަކީ ދިވެހި ރަސްރަސްކަލުން ވެރިކަން ކުރެއްވި ތަނެއްކަން އެނގެން އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އޮންލައިން ނޫހަކުން ފޮނުވި އާރުޓީއައިއަކަށް ރައީސް އޮފީހުން ދިން ޖަވާބުގައިވާ ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 31 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ސިޓީގެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

ޤާނޫނުގައިވާ ގޮތުން، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭފަދަ މަޢުލޫމާތު ހިއްސާ ނުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެ އެވެ. އަދި ސިޔާސަތަކަށް ޢަމަލުކުރުމުން ލިބެން އޮތް ފައިދާއަށް އުނިކަން އަންނަފަދަ މަޢުލޫމާތުވެސް ހިއްސާ ނުކުރުމުގެ އިޚްތިޔާރު ޤާނޫނުން ފަހިކޮށްދީފައިވެ އެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރަކީ ޒިންމާއިން ރެކޭނެ ސަރުކާރެއް ނޫން ކަމަށާއި، މި މައްސަލައިގައިވެސް އޮންނަ ހަމަތަކުގެ މަތިން ސަރުކާރުން އިންސާފުވެރި ގޮތެއްގައި ފައިސަލާ ކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީސް ޗާގޯސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ