ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަންގާރަ ދުވަހު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ގުރުއަތުލުން ބޭއްވުނު ކަމަށެވެ. މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި ގޯތިތަކުގެ ބޮޑުމިނުގެ ތަފްޞީލް ހިމެނޭ ލިސްޓެއް އިއުލާނާއެކު އާންމުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އިއުލާނުގައިވާ ގޮތުން، ގުޅީފަޅުން ޖުމްލަ 3,520 ގޯތި ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • 1250 އަކަފޫޓުގެ 669 ގޯތި
  • 1650 އަކަފޫޓުގެ 1234 ގޯތި
  • 2050 އަކަފޫޓުގެ 916 ގޯތި
  • 2450 އަކަފޫޓުގެ 473 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  • 3650 އަކަފޫޓުގެ 21 ގޯތި

ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ޕޯޓަލް މެދުވެރިކޮށް 07 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން އެދިފައިވެ އެވެ.

އަންގާރަ ދުވަހު ގޯތިތަކުގެ ގުރުލުން ކުރިއަށްގެންދިޔަ ގޮތާއިމެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ ގުޅީފަޅު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ