ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން ގާއިމްކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގެ ނަމުގައި ވަކި ޑިވިޝަނެއް ގާއިމްކޮށްފައިވާ ކަމަށެވެ. މި ޑިވިޝަނަކީ އިންޑަސްޓްރިއަލްތަކާއި ޔޫނިއަންތަކުގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޑިވިޝަނެކެވެ.
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން އެކުލެވިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ދެ މެމްބަރަކާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރަން މިނިސްޓަރު އައްޔަން ކުރައްވާ 12 މެންބަރުންނާއެކު ޖުމްލަ 14 މެންބަރުންގެ މައްޗަށެވެ. އެއިން ކޮންމެ މެންބަރަކަށް ލިބެނީ 3 އަހަރު ދުވަހުގެ ދައުރެކެވެ.
އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން ދެ ދައުރު ޕެނަލްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ އެވެ.
