ވެމްކޯގެ ‘ހޮބާ” ޚިދުމަތް ދިނުމަށް ޕޮލްކޯއާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ‘ހޮބާ” ޚިދުމަތް ދިނުމަށް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި އެކު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މި އެއްބަސް ވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް އެވެ.

އެގޮތުން، މި އެއްބަސްބުމުގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ޕޮލްކޯ ޓަވަރު ފޮޅައި ސާފުކުރުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދޭނެ އެވެ.

ވެމްކޯއިން ވަނީ، މި މަހުގެ 4 ވަނަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު ވިދާޅުވީ ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށައިގެން ކުރިޔަށްދާއިރު ސަރުކާރުގެ ހަ ތަނެއްގައި އެ ހިދުމަތް މިހާރު ދެމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން، ޕައިޕްލައިންގައި ކުރިއަށް އޮތް ދެ މަސް ތެރޭގައި 10 ކުންފުންޏެއްގެ ފޮޅާސާފުލުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، މީގެ ސަބަބުން ފުދޭވަރަކަށް އާމްދަނީ އިތުރު ކުރެވިގެންދާނެ ކަަމަށްވެސް ޖަލީލު ވިދާޅުވި އެވެ.

މިހާރު ސްޓެލްކޯއިން ވަނީ، ސްޓެލްކޯ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި އެ ކުންފުނީގެ އިމާރާތްތަކާއި ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެމްކޯ އާ ހަވާލުކޮށްފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ