ޕޮލްކޯ ހިޔާނާތް: ވިސުލްބްލޯވަރުން ހިއްސާކުރި މައުލޫމާތާ ގުޅޭގޮތުން ބޭއްވި ކޮމިޓީ ސިއްރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕޮލްކޯއިން ހިންގި ބްލޫސް ހައުސިން މަޝްރޫއުގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ބަލަމުންދަނިކޮށް، ވިސުލްބްލޯވަރެއް ހިއްސާކުރި މައުލޫމާތުތަކަކާ ގުޅިގެން ބަލަމުންދާ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައިވަނީ ”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓުންނެވެ. މި މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ބަލާފައިވާއިރު، މި މައްސަލަ ބަލަމުންދަނިކޮށް ފުލުހުންގެ ތެރެއިން ވިސުލްބްލޯވަރެއް ވަނީ ބައެއް މައުލޫމާތުތައް ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ މައްސަލައިގެ ދިރާސާ ފެށުމުން ވިސުލްބްލޯވަރެއް ފޮނުވި ބައެއް މައްސަލަތައް ހުރި ކަމަށެވެ. އެކަން ކޮމިޓީން ބެލުމަށް ނިންމާ، އެ މައްސަލައާއި ގުޅޭ ބައެއް މައުލޫމާތުތައް ޝަރުއީ ކޯޓުތަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. މި ފަރާތްތަކުން މައުލޫމާތު ހޯދީ، ވިސުލްބްލޯވަރު ހިއްސާ ކުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ނިންމާ ސަބަބެއްގެ ގޮތުން ނާޒިމް ވިދާޅުވީ، މުއައްސަސާތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނާއި، އާއިލާގެ މެންބަރުންނާއި ދަރިންގެ ވާހަކަތައް ހިމެނޭ ކަމަށެވެ. އެހެންކަމުން މަސްލަހަތު ބޮޑީ ކޮމިޓީ ސިއްރު ކޮށްގެން ކުރިއަށް ގެންދިއުންކަން ނާޒިމް ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ކުރީކޮޅު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ވިސުލްބްލޯވަރ ހިއްސާކުރި ބައެއް މައުލޫމާތުތަކަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އޭރު ނާޒިމް ވިދާޅުވީ، ކޮރަޕްޝަން ހިންގާފައިހުރީ ހައުސިންގެ މަޝްރޫއިން އެކަނި ނޫން ކަމަށާއި، އެއަށްވުރެ ފުޅާކޮށް ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ