ތިނަދޫ ހައުސިން ޔުނިޓު މަޝްރޫއުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ

Advertisement

އެންމެ ފަސް

Advertisement

ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓު މަސައްކަތުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ޑިޒައިނިން އެންޑް ބިޑް އެސޫލުން ކުރިއަށްގެންދާ އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާގެ އަގަކަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގަ އެވެ. މިނިސްޓްރީން ބުނީ ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހުންނާނެ ކަމަށެވެ.

ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެ ކަމަށް ބުނެފައި ވެއެވެ.

ބޯހިޔާވަހިކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތިނަދޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ