ޑޭޓާ ޝެއަރިންގއާ ގުޅޭގޮތުން ދުނިޔޭގެ މަރުކަޒީ ބޭންކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުގެ އިތުރުން ދުނިޔޭގެ މަރުކަޒީ ބޭންކުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް ރީ-ސްޓްރަކްޗަރކޮށްގެން ކުރިއަށްގެންދާނެ ގޮތާއި ޑޭޓާ ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ބިލާއި ސައިބާ ސެކިއުރިޓީ ބިލުގެ މުހިންމު ކަމުގެ މައްޗަށް ބިނާކޮށް މަޝްވަރާކުރެވުނު ކަމަށެވެ.
”ދެން ކުރިއަށް އޮތީ ސްޓޭކްހޯލްޑަރުންނާއެކު ބިލުތައް މަޝްވަރާކުރުމުގެ މަސައްކަތްތައް ކުރުން. އެއީވެސް ވަރލްޑް ބޭންކުގެ އެހީގަ. ހިލޭ އެހީގެ ދަށުން އެކަންވެސް ކުރެވޭ ގޮތަށް އޮތީ. ޑޭޓަރ ޝެއަރިންގގެ މުހިންމު ކަމުގެ ވާހަކަވެސް ދެކެވުނު,“ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވި އެވެ.
ޑިޖިޓަލް މޯލްޑިވްސް އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު އެވެ. އަދި 20 އޯގަސްޓް 2024 ގައި ޑީމެޑް މަޝްރޫޢު ވަނީ ދާޚިލީ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
ޑީމެޑް މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އިޖްތިމާއި އަދި އިޤްތިސާދީގޮތުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި، އިންޓަރނެޓް ފަދަ މުވާސަލާތީ ވަސީލަތްތައް ރެގިއުލޭޓްކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ޤާއިމްކުރުމާއި، މި މަސައްކަތް ކުރަމުންދާ ދައުލަތުގލަތުގެ މުވައްސަސާތަކުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުން ހިމެނެ އެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ޒަމާނީ ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޓަކައި ޑިޖިޓަލް އައިޑީގެ ނިޒާމެއް ޤާއިމްކުރުމާއި، މޫސުމީ ޑާޓާ އަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ވަސީލަތަކަށް ހެދުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން މޫސުމީ އަދި ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ޑާޓާ ނަގާ، ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރުންވެސް ހިމެނެ އެވެ.
މި މަޝްރޫޢުގެ މައިގަނޑު ސްޓޭކްހޯލްޑަރުންގެ ގޮތުގައި ހިމެނެނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިތުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން، ޑޭޓާ ޝެއަރިންގގެ މުހިންމުކަމާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓޭކްހޯލްޑަރުންނާއެކު ބިލުތައް މަޝްވަރާކުރުމުގެ މަސައްކަތްތައް ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށާއި، ޑޭޓާ ޝެއަރިންގ އާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ބެލެވެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ދާއިރާ އިތުރަށް ކުރިއަރައި، ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާވެ، އަދި ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެކަމަށް އުންމީދުކުރެވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވޯލްޑް ބޭންކް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
