ފަހުގެ 4 ވެރިންނަށް ދައުލަތުން ހަރަދު ކުރަން ޖެހޭކަމަކަށް ނުދެކެން: މުހައްމަދު އިސްމާއިލް 

Advertisement

އެންމެ ފަސް

Advertisement

ފަހުގެ ތާރީހުގައި ރާއްޖޭގެ ވެރިކަން ކުރި 4 ބޭފުޅުންނަށް ދައުލަތުން ހަރަދު ކުރަން ޖެހޭކަމަށް ނުދެކޭކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ، ސަންގުޓީވީގެ ޕުރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފަހުގެ ތާރީހުގައި ރާއްޖޭގެ ވެރިކަން ކުރި 4 ބޭފުޅުންނަށް ދައުލަތުން އެމީހުންގެ ބެލެހެއްޓުމަށް ހަރަދުކުރަން ޖެހޭ ކަމަށް ނުދެކޭ ކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ ހައްދުން ނެއްޓޭވަރަށް ދައުލަތަށް ނުކުޅަދާނަވާ ވަރަށް މަހަކު 7 ލައްކަ ލިބެމުންދާއިރު އެ ބޭފުޅުންގެ ފަރާތުން ދައުލަތަށް ރަނގަޅު ހެޔޮލަފާ ވިސްނުންތަކެއް ލިބެމުން ނުދާތީކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުލަތަށް އެ ބޭފުޅުންގެ ފަރާތުން ރަނގަޅު ވިސްނުންތަކެއް ލިބޭނަމަ ކޮންމެސް ވަރެއްގެ އިނާޔަތެއް ދޭންޖެހޭކަމަށް ދެކޭކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އަދި ވީ 9 މަސް ކަމަށާއި، ވެރިކަމުގެ އެންމެ ކުރީކޮޅުން ފެށިގެން ރައީސް ޔާމީން ފާޑުކިޔަން ފަށައިފައި ވާ ކަމަށެވެ. އަދި އެކިއެކި ބޭފުޅުން ލައްވައި އެކިއެކި ގޮތްގޮތުން މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިސާލަކަށް ތަޖުރިބާގެ އަލީގައި ރައީސް މުހައްމަދު ނަޝީދުވެސް، ރައީސް އިބުރާހީމް މުހައްމަދު ސޯލިހުވެސް، ރައީސް ޔާމީނުވެސް، ޑރ. ވަހީދުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ ދައުލަތުން އެ ފައިސާ ނަގައިގެން އެބޭފުޅުންގެ އަމިއްލަ ލާބަޔާއި މަންފާއައް މަސައްކަތްކޮށް އަދި އިތުރަށް އުފެދިފަހުންނަ ރައްޔިތުންނަގެ ބޮޑު އަގުލަބިއްޔަތަކުން ހޮވިފަ ހުންނަ ވެރިޔަކައި ޖައްސާލައިގެން އެ ވެރިކަން ހަލާކުކޮށްލުން ފިޔަވައި، އެ ވެރިކަމާއި ރައްޔިތުންނާއި ދޭތެރެޖެހޭގޮތަށް ވާހަކަ ދެއްކުންފިޔަވައި އެހެންކަމެއް ނުފެނޭ މި ދެންނެވި ފަހުގެ ތާރީހުގަ ވެރިކަންކުރި 4 ބޭފުޅުންގެ ފަރާތަކުން.

ގައުމުގައި ވެރިކަންކުރި ވެރިން އެ މަގާމުތަށް އަދާކޮށް އެ މާގާމު ދެން ނުލިބުމުން ދެން އެ މަގާމަށް އަންނަ މީހެއްގެ ފަރާތުން ރައްޔިތުންނަށް ރަންގަޅު ގޮތްތަކެއްވޭތޯ ލަފާދޭންޖެހޭ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އަދި އެއީ ޒިންމަދާރު ކަމާއި އެކު ކަންކަން ކުރުންކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލިސް މުހައްމަދު އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ