ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއްނޫން: ޝަހީމް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ އެ ބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.

”ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން“ މިނިސްޓަރގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިި ވަނީ، ޑރ. ޝަޒުރާ އިބްރާހިމް އާއި އާއިޝަތު ޝާދިޔާ އެވެ.

އެ ދެ މީހުން ހައްޔަރު ކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުއްވެރިކޮށް ބަޔާނެއްވެސް ނެރެފަ އެވެ. އަދި އެ ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވީ އެ ދެ އަންހެނުން ހައްޔަރުކުރުމަކީ ފަލަސްތީން ގަޒިއްޔާއާއި މެދު މި ސަރުކާރުގެ ފަރުވާލެއް ނެތްކަން ރަމްޒްކޮށްދޭ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.

ފުލުހުން ބުނީ މި ދެ ދިވެހިން ޑިޕްލޮމެޓިކް މިޝަންތަކަށް އެއްވެ، އަޑުގަދަ ކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ހުތުރު އެއްޗެހި ކިޔައި ވަކި ސަފީރަކަށް އުނދަގޫ ކުރި ކަމަށެވެ. މި ދެމީހުން އެގޮތަށް އަމަލުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، މި ދެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށްވެސް ހުރަސް އަޅާފައި ވެއެވެ. އެކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، މި ދެމީހުން ހައްޔަރުކުރީ އިއްޔެ މެންދުރުފަހު 13:00 އެހާކަށްހާއިރު އެވެ.

އެމީހުން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ޑިޕްލޮމެޓިކް މިޝަންގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްދީފަ އެވެ.

މި ދެ އަންހެނުން އުނދަގޫކޮށްފައިވަނީ ކޮން ސަފީރަކަށް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ފުލުހުން ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވާން އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ - ފަލަސްތީން އަދާލަތު ޕަޓީ އިމްރާން އަބްދުﷲ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ