ތިލަފުށި ފަޅުތެރޭ ހުރި އުޅަނދުތަކެއް ނަގަން އެެޗްޑީސީން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ކ. ތިލަފުށި ފަޅުތެރޭ ހުރި އުޅަނދުތަކެއް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެެޗްޑީސީ) އިން އެދިއްޖެ އެވެ.

ތިލަފުށި ތަރައްގީ ކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކުމަށްފަހު ސްލޯޕިން މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީ އިން ކުރި އިއުލާނެއްގައި އެދިފައި ވެއެވެ.

އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިއަދުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭ ނެގުމަށް ވަނީ އަންގައިފައެވެ. މި މުއްދަތުގައި އެ އުޅަނދުތައް ނަގާފައިނުވާ ނަމަ އެޗްޑީސީގެ އުސޫލު ނަންބަރު G-7/2023 ”ކ.ތިލަފުއްޓާއި ކ. ގުޅީ ފަޅުތެރެޔަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު“ގެ ދަށުން އެ އުޅަނދުތަކާމެދު އަމަލުކުރާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅައިގެން ކުރިޔަށް ގެންދިޔުމަށް ވަނީ އެދިފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ