ހަތް ސީޒަނަށްފަހު ޝެޒްނީ ޔުވެންޓަސް ދޫކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

ދެފަރާތުގެ އެއްބަސްވުމާއެކު، ވޮއިސެޒް ޝެޒްނީ ހަތް ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލައިފި އެވެ.

އުމުރުން 34 އަހަރުގެ ކީޕަރު ޔުވެންޓަސް ދޫކޮށްލީ، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. އިޓަލީގެ މީޑިއާ ތަކުން ބުނާގޮތުން، އިޓަލީގެ މޮންޒާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޝެޒްނީ އޭނާގެ ކެރިއަރު ފެށީ އާސެނަލް އާއެކު އެވެ. 2006 ވަނަ އަހަރު އޭނާ އާސެނަލް އާ ގުޅުނުއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެޔަށްފަހު އޭނާ ޔުވެންޓަސް އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ޝެޒްނީ ވަނީ ލޯނު އުސޫލުން ބްރެންޓްފޯޑާއި އޭއެސް ރޯމާ އަށް ވެސް ކުޅެފަ އެވެ.

ޔުވެންޓަސް އަށް ޝެޒްނީ 252 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ އެ ޓީމާއެކު ތިން ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން، އެ ޓީމާއެކު އިޓަލީ ކަޕުވެސް ތިން ފަހަރު ޝެޒްނީ ކާމިޔާބުކޮށްފައިވެ އެވެ.

ޝެޒްނީ ވަނީ ޕޮލަންޑް ގައުމީ ޓީމަށް 84 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ޕޮލަންޑް އާއެކު މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކުޅެފަ އެވެ.

ޔުވެންޓަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ