ޔުވެންޓަސްގެ ކޯޗަކަށް ތިއާގޯ މޮޓާ ހަމަޖައްސައިފި

Advertisement

އެންމެ ފަސް

Advertisement

ޔުވެންޓަސްގެ ކޯޗަކަށް ބޮލޯނިއާގެ ކުރީގެ ކޯޗު، ތިއާގޯ މޮޓާ ހަމަޖައްސައިފި އެވެ.

މީގެކުރިން އޭސީ މިލާނަށް ކުޅެފައިވާ އުމުރުން 41 އަހަރުގެ މޮޓާ، ޔުވެންޓަސް އާއެކު ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެއާއެކު، އޭނާގެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ޔުވެންޓަސް އިން މޮޓާ ހަމަޖެއްސީ، މަސިމިލިއާނޯ އެލެގްރީ މަގާމުން ވަކިކުރުމަށްފަހު އެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ކަޕް ކާމިޔާބުކުރިތާ ދެ ދުވަސް ފަހުންނެވެ.

މޮޓާ ވަނީ މި ނިމުނު ސީޒަނުގައި، ބޮލޯނިއާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމަށް އިރުޝާދު ދީފައެވެ. އެ ޓީމުން ލީގު ނިންމާލީ ތާވަލުގެ ފަސް ވަނައިގަ އެވެ.

މޮޓާ ބުނީ، ޔުވެންޓަސް ފަދަ ބޮޑު ކްލަބެއްގެ ކޯޗުކަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. މީގެއިތުރުން، އޭނާ ވަނީ އޭނާ އަށް އިތުބާރުކޮށް، ޓީމުން ފުރުސަތު ދެއްވި ކަމަށްޓަކައި ކްލަބުގެ މެނޭޖްމެންޓަށް ޝުކުރު އަދާކޮށްފަ އެވެ.

މޮޓާ ވަނީ އޭސީ މިލާންގެ އިތުރުން، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، ޖެނޯއާ އަދި ޕީއެސްޖީ އަށް ކުޅެފަ އެވެ.

ޔުވެންޓަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ