އައްޑޫ ސިޓީ ކައުންސިލާއި ވަކިވާން ބޭނުންނުވާ ކަމަށް ފޭދޫ ރައްޔިތުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފަ އެވެ. އަދި ވޯޓު ގުނަން ފަށާފައިވާއިރު، މީދޫ، ހުޅުދޫ އަދި ފޭދޫގެ ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ.
ވޯޓުގެ ވަގުތީ ނަތީޖާ:
- ފޭދޫ 8 ވޯޓު ފޮށި
ފެންނަ ކަމަށް 615 މީހުން ؛
ނުފެންނަ ކަމަށް 1782 މީހުން ؛
ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 4368 މީހުންނަށް ؛
މިއާއެކު ފޭދޫ ރައްޔިތުންގެ ތެރެއިން ވޯޓުގައި ބައިވެރިވި ރައްޔިތުން ވަނީ އައްޑޫސިޓީން ވަކިވާން ބޭނުންނުވާ ކަމަށް ނިންމާފަ އެވެ.
ނަމަވެސް ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން ވޯޓުގައި ބައިވެރިވި ރައްޔިތުން ނިންމާފައިވަނީ އައްޑޫސިޓީ ކައުންސިލާއި ވަކިވާށެވެ.
- ހުޅުދޫ 6 ވޯޓު ފޮށި
ފެންނަ ކަމަށް 720 މީހުން ؛
ނުފެންނަ ކަމަށް 325 މީހުން ؛
ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2867 މީހުންނަށް ؛
- މީދޫ 4 ވޯޓު ފޮށި
ފެންނަ ކަމަށް 841 މީހުން ؛
ނުފެންނަ ކަމަށް 114 މީހުން ؛
ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2341 މީހުންނަށް ؛
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މި އާންމު ވޯޓުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %47.1 މީހުން ކަމަށެވެ. އަދި %52.9 މީހުން ވޯޓުގައި ބައިވެރިނުވާ ކަމަށެވެ.
