ބޮޑު ބިންހެލުމަކަށްފަހު ޖަޕާނަށް ސުނާމީގެ އިންޒާރުދީފި

Advertisement

އެންމެ ފަސް

Advertisement

ބޮޑު ބިންހެލުމަކަށްފަހު ޖަޕާނުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ސުނާމީގެ އިންޒާރުދީފި އެވެ.

ޖަޕާނުގެ މިޔަޒާކީ ޕްރިފެކްޗާގެ ކިޔުޝޫ އައިލެންޑަށް ވަނީ 7.1 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އަރާފަ އެވެ. އެއާއެކު، ޖަޕާނުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކިޔުޝޫއާއި އެރަށް ކައިރީގައިވާ ރަށްރަށަށް ސުނާމީގެ އިންޒާރުދީފަ އެވެ.

އެ ސަރަހައްދަށް 1 މީޓަރުގެ ރާޅުތައް އަރާނެ ކަމަށް ލަފާކުރިޔަސް ރާޅުގެ އުސްމިން އެއަށްވުރެ ބޮޑުވުން އެކަށީގެންވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މި އިންޒާރަށްފަހު ޖަޕާން ރޭލްވޭ ސްޓޭޝަނުން ވަނީ ބުލެޓް ޓްރެއިންގެ ހިދުމަތް މެދުކަނޑާލާފަ އެވެ.

ޖަޕާނަކީ މިފަދަ ލޮޅުންތަކާއި ބިންހެލުން އެރުން އާންމު ސަރަހައްދަކަށްވުމުން ސުނާމީގެ އިންޒާރު ވަރަށް ގިނައިން ލިބޭ ގައުމެކެވެ.

2011 ވަނަ އަހަރު ޖަޕާނަށް އެރި 9 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އެރި ސުނާމީގެ ކާރިސާގައި 20،000 މީހުން މަރުވެފައި ވެއެވެ. އެ ކާރިސާގައި އެގައުމުގެ ތިން ނިއުކްލިއާ ޕްލާންޓަށް ގެއްލުންވެ، އާންމުންނަށް ނުރައްކާވެފައި ވެއެވެ.

 

ޖަޕާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ