ފަރުބަދައަށް އަރާ ފަތުރުވެރިން މަދުކުރުމަށް ފީއެއް ނަގަނީ

Advertisement

އެންމެ ފަސް

Advertisement

ޖަޕާންގެ މައުންޓް ފޫޖީ ފަރުބަދައަށް އަރާ ފަތުރުވެރިން މަދުކުރުމަށް އާ ފީއެއް ނަގަން ފަށައިފި އެވެ.

މައުންޓް ފޫޖީއަކީ ޖަޕާނު ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު މަންޒިލެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިތަނަށް މިހާރު ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ.

މިހާރު ޖަޕާނު ސަރުކާރުން ވަނީ މި ފަރުބަދަ ބަލަން ޒިޔާރަތް ކުރާ ފަރާތްތަކުގެ އަތުން 2000 ޔެން (12 ޑޮލަރު) ނަގަން ނިންމާފަ އެވެ. އެއާއެކު، އެތަނަށް ދުވާލެެއްގެ މައްޗަށް ޒިޔާރަތްކުރެވޭނީ 4000 މީހުންނަށް ކަމަށް ކަނޑައަޅާފައި ވެއެވެ. ޖަޕާން ސަރުކާރުން މިގޮތަށް ނިންމީ އެފަރުބަދައަށް އަރާ މީހުން ފަރުބަދައަށް ކުނިއަޅާ ކަމަށް ފާހަގަކުރަމުން ނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފަރުބަދައިގެ މަންޒަރު ފެންނަ މަގުގައި ޓްރެފިކް ހަލަބޮލިވާ މިންވަރަށް ފަތުރުވެރިން ގިނަވެގެން އެސަރަހައްދުގައި ފުލުހުން ކަޅު ޓޭޕް ދަމަން ޖެހުނެވެ.

މި ފަރުބަދަ ބަލަން އަހަރެއްގެ މައްޗަށް 300،000 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ޖަޕާނުގެ ތިމާވެށްޓާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

ޖަޕާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ