އެއްވެސް ސަރުކާރަކުން އެންޓި ޓޯޗާ ގާނޫނު ތަންފީޒުކުރި ތަނެއް ނުފެނޭ: މުހުތާޒު

Advertisement

އެންމެ ފަސް

Advertisement

އެއްވެސް ސަރުކާރަކުން އެންޓި ޓޯޗާ ގާނޫނު ތަންފީޒުކުރި ތަން ފެނިވަޑައިނުގަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ޖަލު ބަންދެއްގެ ތަޖުރިބާކުރައްވާފައިވާ މުހުތާޒު މިގޮތަށް ވިދާޅުވީ އެމްޑީޕީން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކާފައިވާ ވާހަކައަކަށް ރައްދު ދެއްވަމުން ނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ މުހުތާޒު ވިދާޅުވީ އެންޓި ޓޯޗަރ ގާނޫނު ފާސްކުރެވުނީ 2013 ވަނަ އަހަރުގައި ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން އެ ގާނޫނު ތަންފީޒުކުރުމަށް އެދެވޭ މަސައްކަތެއް ކުރިތަނެއް ފެނިވަޑައިގެންފައިވާ ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއި ހިލާފަށް، ލާއިންސާނީ އަނިޔާދޭ ޖަލު އޮފިސަރުންނަށް މަގާމުގެ ކުރިއެރުންދީފައިވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓުވާނެ ކަމަށްވެސް މުހުތާޒު ވިދާޅުވެފައި ވެއެވެ. 

އެމްޑީޕީން ބުނީ އެންޓި ޓޯޗަރ ގާނޫނު ގެނައުމުގެ މައިގަނޑު މަގުސަދަކަށްވީ ރާއްޖޭގައި ބަންދުގައި ތިބޭ މީހުންނަށް ލާއިންސާނީ އަނިޔާކުރުމާއި އިންސާނީ ހައްގުތައް ނުދީ ހިފެހެއްޓުން ކުށަކަށް ހެދުމަށް ކަމަށް އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ބުނެފައި ވެއެވެ. އެމްޑީޕީން މި ބައްދަލުވުމުގައި އެވާހަކަ އިޝާރާތްކޮށްފައިވަނީ ދާދި ފަހުން ޖަލު ބަންދުގައި ހުރި ގައިދީއަކަށް ޖަލުތެރެއިން ލިބުނު އަނިޔާތަކެއްގައި މަރުވި ކަމަށް ބުނަމުންދަނިކޮށެވެ.

އެމްޑީޕީން ބުނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ހެދިފައިވާ ބައެއް ގަވާއިދުތައް ތަންފީޒުކުރަމުންދިޔަ ކަމަށެވެ.

މުހުތާޒް މުހުސިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ