ސައުތް އެފްރިކާގެ ކުރީގެ ރައީސް އިދިކޮޅު އިއްތިހާދަށް

Advertisement

އެންމެ ފަސް

Advertisement

ސައުތް އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒުމާގެ އެމްކޭ ޕާޓީ، އިދިކޮޅު އިއްތިހާދު ދަ ޕްރޮގްރެސިވް ކައުކަސްއާއި ގުޅެން އުޅޭ ކަމަށް ރިޕޯޓްކޮށްފި އެވެ.

ޒުމާ ވިދާޅުވީ މި ފިޔަވަޅަކީ ސަރުކާރު ހިންގާ އިއްތިހާދު، އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ، ސައުތް އެފްރިކާގެ އާންމު އިންތިހާބުން ބަލިކުރުމަށް އަޅަން ނިންމެވި ފިޔަވަޅެއް ކަމަށެވެ. އެމްކޭއިން މިކަން އިއުލާންކުރީ އިއްޔެ ގައެވެ.

”ތަރައްގީގެ ދުޝްމިނުން ކިބައިން ގައުމު ސަލާމަތްކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން“

އެމްކޭއިން ވަނީ ނިމިދިޔަ މަހުގައި ބޭއްވި އިންތިހާބުގައި ސަރުކާރުން މަކަރު ހަދާފައިވާ ކަަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެޕާޓީން ވަނީ ޕާޓީގެ ސަޕޯޓަރުން އިންތިހާބުގެ ނަތީޖާއާއިމެދު ހިތްހަމަނުޖެހުން ފާޅުނުކުރުމަށް ގޮވާލާފަ އެވެ. ޕާޓީން މިގޮތަށް ނިންމި ނަމަވެސް، ސައުތް އެފްރިކާގައި ހަމަނުޖެހުން އުފެދިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޖުލައި 2021 ގައި ކޮރަޕްޝަންގެ ކުށުގެ ތުހުމަތުގައި ހެކި ދިނުމަށް އިންކާރު ކުރެއްވި ޒުމާ ޖަލަށް ލުމުން، އޭނާގެ ސަޕޯޓަރުން ވަނީ ގިނަ ބަޔަކަށް ނުރައްކާވި މުޒާހަރާއެއް ކޮށްފަ އެވެ.

އޭއެންސީ ކޯލިޝަންގައި ހިމެނެނީ ކުދި ޕާޓީތަކެވެ. އެޕާޓީތަކުން ވަނީ ހުކުރު ދުވަހުގައި ސައުތް އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ރައީސްކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުކުރައްވާފަ އެވެ. އާންމު އިންތިހާބުގައި އެމްކޭއިން ވަނީ މީގެ ކުރިން އޭއެންސީން ކާމިޔާބު ކުރި ގިނަ އަދަދެއްގެ ވޯޓު ހޯދާ، ސައުތް އެފްރިކާގެ 3 ވަނައަށް އެންމެ ބޮޑު ޕާޓީގެ މަގާމް ކަށަވަރުކޮށްފަ އެވެ.

އުމުރުން 82 އަހަރުގެ ޒުމާ ވަނީ ސައުތް އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުން ބާއްވާ ފުރަތަމަ ޖަލްސާ، އޭނާގެ ޕާޓީން ބޮއިކޮޓް ކުރާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

ކައުކަސްއަކީ ރެޑިކަލް އިކޮނޮމިކް ފްރީޑަމް ފައިޓާސް އަދި ސެންޓާ ލެފްޓް ޔުނައިޓޑް ޑިމޮކްރެޓިކް މޫވްމަންޓް ހިމެނޭހެން ކުދި ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދެކެވެ.

ޒުމާއަކީ މީގެ ކުރިން އޭއެންސީގެ މެންބަރެކެވެ. ނަމަވެސް އޭނާ އެ ޕާޓީ ދޫކޮށްލެއްވީ 2018 ވަނަ އަހަރުގައި އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތާއި ގުޅިގެން ރައީސްކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވި ފަހުން ނެވެ. އޭނާ ވަނީ އެ ތުހުމަތަށް އިންކާރު ކުރައްވާފަ އެވެ.

 

ސައުތު އެފްރިކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ