ހައްޔަރު ކުރުމުގެ އަމުރު ނެރުނުއިރު ނަމާލް ރާއްޖޭގައި

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގެ ކުރީގެ ޔޫތް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ހައްޔަރުކުރުމުގެ އަމުރެއް އަގައުމުގެ ކޯޓަކުން ނެރެފި އެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިއަދު ބޭއްވި އަޑުއެހުމެކަށް ހާޒިރުނުވުމުންނެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނަމާލް ރާޖަޕަކްސަ ރާއްޖެއަށް އައިސްފައިވަނީ މިއަދު އެވެ. އޭނާ ރާއްޖެއައިސްފައިވަނީ ”ޕްރައިވެޓް އިވެންޓް“އަކަށް ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގައި ނަމާލްގެ މައްޗަށް ދައުވާކޮށްފައިވާއިރު މީގެކުރިން އޭނާ ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައިވެސް ނަމާލް ވާދަކުރިއެވެ. ނަމަވެސް އޭނާއަށް 2.5 އިންސަތަ ވޯޓާއި އެކު ލިބުނީ ފަސްވަނަ އެވެ.

ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ