އާބާދީ ދަށްވާތީ ކުދިން ހޯދުން މަނާކޮށްފައި އޮތް އޮތުން ބާތިލްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވިއެޓްނާމުގެ ކޮމިއުނިސްޓް ސަރުކާރުން އެ ޤައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޢަމަލުކުރަމުން އައި، ކޮންމެ ޢާއިލާއަކަށްވެސް ދެ ކުދިންނަށްވުރެ ގިނަ ނުވާގޮތަށް ހަނިކުރުމުގެ ސިޔާސަތު އުވާލައިފި އެވެ.

މި ނިންމުން ސަރުކާރުގެ މީޑިއާއިން އިއުލާނުކުރީ ބުދަ ދުވަހުއެވެ.

ވިއެޓްނާމް ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި، މިހާރު ޢާއިލާގެ ބޮޑުމިނަކީ ކޮންމެ އާއިލާއަކުންވެސް އަމިއްލައަށް ނިންމާ ކަމަކަށް ވެގެން ދާނެ އެވެ. މި ބަދަލު ގެނައީ ވޭތުވެދިޔަ ތިން އަހަރު ވިއެޓްނާމުގައި ތާރީޚީ ގޮތުން އެންމެ ދަށް މިންވަރަކަށް ކުދިން އުފަންވަމުން ދިއުމާ ގުޅިގެންނެވެ.

ޞިއްޙަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ޖުމްލަ އުފަންވާ ކުދިންގެ ރޭޓް ވަނީ ކޮންމެ އަންހެނަކަށް 1.91 ކުއްޖަކަށް ދަށްވެފަ އެވެ. މިއީ އާބާދީ ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށްވުރެ ދަށް އަދަދެކެވެ. އުފަންވާ ކުދިންގެ އަދަދު ވަނީ 2021 ގައި 2.11 އިން 2022 ގައި 2.01 އަށް، އަދި 2023 ގައި 1.96 އަށް ދަށްވެފަ އެވެ.

މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ހަނޮއި އަދި ހޯ ޗީ މިން ސިޓީ ފަދަ ޝަހަރީ، އިޤްތިޞާދީ ގޮތުން ތަރައްޤީވެފައިވާ ސަރަޙައްދުތަކުގަ އެވެ. މީގެ މައިގަނޑު ސަބަބަކީ މި ސަރަޙައްދުތަކުގައި ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެފައިވުމެވެ.

އަދި ވިއެޓްނާމްގެ ސަރުކާރުން ވަނީ ޖިންސުގެ ހަމަހަމަކަން ގެއްލިފައިވާ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން، ބަނޑުގައިވާ ކުއްޖާގެ ޖިންސު ހޮވުން ހުއްޓުވުމަށްޓަކައި މިހާރު ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދު ތިން ގުނައަށް އިތުރުކޮށް 3،800 ޑޮލަރަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ވިއެޓްނާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ