ޓައިވާންގެ ޕާސްޕޯޓްގައި އެތެރެވުން މަނާކޮޮށްފި

Advertisement

އެންމެ ފަސް

Advertisement

މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސޯމާލިއާއަށް ޓައިވާން ޕާސްޕޯޓްގައި އެތެރެވުން މަނާކޮށްފި އެވެ.

ސޯމާލިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު އަމުރަކާ ގުޅިގެން، އެ ޤައުމަށް ޓައިވާން ޕާސްޕޯޓް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް އެތެރެވުމާއި ޓްރާންސިޓް ކުރުން މަނާކޮށްފައިވާތީ، ޓައިވާނުން ވަނީ އެކަމާމެދު ހަރުކަށި އިބާރާތުން ފާޑުކިޔައިފަ އެވެ. ޓައިވާނުގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ޗައިނާގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ޤައުމުގެ ރައްޔިތުންގެ މިނިވަންކަމާއި ސަލާމަތްތެރިކަމަށް އަސަރުކުރާ މި ނިންމުން ބާތިލުކުރުމަށް ސޯމާލިއާއަށް ގޮވާލާފައިވެ

ޓައިވާނުން ތުހުމަތުކުރާ ގޮތުގައި މިއީ ޗައިނާގެ ”އެއް ޗައިނާ“ ސިޔާސަތަށް ތާއީދުކުރުމަށް އދ. ގެ ޤަރާރެއް ނަހަމަގޮތުގައި ބޭނުންކޮށް، ސޯމާލިއާއިން އެޅި ފިޔަވަޅެކެވެ.

ސޯމާލިއާއިން މި ފިޔަވަޅުއަޅާފައިމިވަނީ ޓައިވާނާއި ސޯމާލިލޭންޑްގެ ގުޅުން ވަރުގަދަވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ސޯމާލިލޭންޑަކީ 1991 ގައި ސޯމާލިއާއިން ވަކިވެ މިނިވަންވި ނަމަވެސް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިނުވާ ސަރަހައްދެކެވެ. 2020 ގައި ޓައިވާނާއި ސޯމާލިލޭންޑުން އެ ދެ ޤައުމުގެ ވެރިރަށުގައި ޑިޕްލޮމެޓިކް އޮފީސްތައް ޤާއިމްކުރުމަށް ނިންމާފައިވެ އެވެ. އެއާއެކު ޗައިނާއާއި ސޯމާލިއާއިން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފަ އެވެ.

މި ނިންމުން ނިމުމަކަށް އަންނަންދެން ސޯމާލިއާ އަދި ސޯމާލިލޭންޑަށް ދަތުރު ނުކުރުމަށް ޓައިވާނުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ސޯމާލިލޭންޑް އަދި ސޯމާލިއާއިންވެސް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ޓައިވާނަކީ އަމިއްލަ ޑިމޮކްރެޓިކް ސަރުކާރެއް އޮންނަ، އަމިއްލަ ވެރިކަމެއް ކުރާ ޖަޒީރާއެކެވެ. ނަމަވެސް ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ޤައުމުގެ ސަރަހައްދުގެ ބައެއްގެ ގޮތުގަ އެވެ. އަދި އެހެން ޤައުމުތަކުން ޓައިވާން ބަލައިނުގަތުމަށް ޗައިނާއިން ބާރުއަޅަމުން ދެއެވެ. މިހާތަނަށް ޓައިވާން ރަސްމީކޮށް ބަލައިގެންފައިވަނީ ދުނިޔޭގެ މަދު ޤައުމުތަކަކުން އެކަނި އެވެ.

ސޯމާލިއާ ޓައިވާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ