”މޭޑް އިން ދަ ޔޫއެސްއޭ“ ލިޔެފައިވާ މޮޑެލް ބޮންތަކެއް ކުރިމަތީގަ، 4 އިސްރާއީލީންގެ ހަށިގަނޑު ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހަމާސް ޖަމާޢަތުން ހަތަރު އިސްރާއީލީ ރަހީނުންގެ ހަށިގަނޑު އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އާ ބުރާސްފަތި ދުވަހު ހަވާލުކޮށްފި އެވެ.

މި ހަށިގަނޑުތައް ހަވާލުކޮށްފައިވަނީ ކުރިންވެސް ރަހީނުން ހަވާލުކުރުން ކުރިއަށްގެންދިޔަ ހާންޔޫނުސްގަ އެވެ.

ހަވާލުކުރެވުނު ހަށިގަނޑުތަކުގެ ތެރޭގައި ހިމެނެނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގުނު ހަމަލާގައި ރަހީނުންގެ ގޮތުގައި ހިފެހެއްޓުނު އަންހެނަކާއި، އޭނާގެ ދެ ދަރިންނާއި، 83 އަހަރުގެ އިސްރާއީލީ ރައްޔިތެކެވެ. ހަމާސްގެ ތަރުޖަމާނެއްގެ ބަހުން، މި ހަތަރު އިސްރާއީލީން މަރުވެފައިވަނީ އިސްރާއީލުގެ އެއަރ ސްޓްރައިކްތަކުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

ހަށިގަނޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، ހަމާސްއިން ވަނީ ސިޔާސީ މެސެޖުތަކެއް ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއެއް ހިމެނޭ ޕޯސްޓަރެއް ބެހެއްޓުމާއެކު، ”މޭޑް އިން ދަ ޔޫއެސްއޭ“ މިހެން ލިޔެފައިވާ މޮޑެލް ބޮމްތަކެއް ބަހައްޓައި، އެމެރިކާއަށް އަމާޒުކޮށް ސިޔާސީ މެސެޖުތަކެއް ދީފައިވެ އެވެ.

މި ހަށިގަނޑުތައް އަނބުރާ ދޫކޮށްލުމަކީ ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެކެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ފަލަސްތީނުން ދޫކޮށްލެވޭނެ އެވެ.

ހަމާސް ޖަމާޢަތަކުން ހާމަކުރި ގޮތުގައި، އިސްރާއީލުން ވަނީ މަދުވެގެން 665 ފަލަސްތީނުންގެ ހަށިގަނޑު ހިފަހައްޓާފައެވެ. މީގެ ތެރޭގައި 1960 އަދި 1970 ގެ އަހަރުތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވެސް ހިމެނޭ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ހަމާސް އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ