މިޔަންމާގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 6 މަހަށް ދަންމާލައިފި

Advertisement

އެންމެ ފަސް

Advertisement

މިޔަންމާގައިި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 6 މަސްދުވަހަށް ދަންމާލައިފި އެވެ.

ސިފައިންގެ ބާރުގެ ދަށުގައިވާ ޤައުމީ ދިފާޢީ އަދި ސަލާމަތީ ކައުންސިލުން ކުއްލި ނުރައްކަލުގެ ހާލަތު އައުކޮށްފައިވަނީ ވެރިރަށް ނައިޕިޑޯގައި ބޭއްވުނު ބައްދަލުވުމެއްގަ އެވެ. މި ނިންމުން ނިންމާފައިމިވަނީ 10 އަހަރު ވަންދެން ދެމިގެން ދިޔަ ވަގުތީ ޑިމޮކްރަސީއަކަށްފަހު، ޤައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލި ސިފައިންގެ ބަޣާވާތަށް ހަތަރު އަހަރު ފުރުމުގެ ކުރީ ދުވަހު އެވެ.

”2008 ވަނަ އަހަރުގެ ޤާނޫނު އަސާސީގެ 425 ވަނަ މާއްދާގެ ދަށުން، އެންމެހާ ޤައުމީ ދިފާޢާއި ސަލާމަތީ ކައުންސިލުގެ މެންބަރުންނާއި، ސިފައިންގެ އެންމެ އިސްވެރިޔާ އަދި ވަގުތީ ރައީސް ވަނީ އެއްބަސްވެ، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 6 މަސްދުވަހަށް އިތުރުކުރުމަށް ނިންމާފައި،“ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ އެމް.އާރް.ޓީ.ވީ އިން ޓެލެގްރާމް ޗެނަލްގައި ބުނެފައިވަނީ ”އާންމު އިންތިޚާބެއް ކާމިޔާބުކަމާއެކު ބޭއްވުމަށް އަދިވެސް ގިނަ ކަންތައްތަކެއް ވަނީ ކުރަން ޖެހިފައި“ ކަމަށެވެ. އަދި ”ޚާއްޞަކޮށް މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި، އަމާންކަމާއި ސުލްޙަވެރިކަން އަދިވެސް ބޭނުންވާ“ ކަމަށްވެސް ބުނެފައިވެ އެވެ.

މިޔަންމާ ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 1 އިން ފެށިގެން ހަލަބޮލިކަމުގެ ތެރޭގައެވެ. އެދުވަހު ސިފައިން ވަނީ ޑިމޮކްރަސީގެ އުޞޫލުން އިންތިޚާބުވެފައިވާ ނެޝަނަލް ލީގް ފޮރ ޑިމޮކްރަސީ (އެން.އެލް.ޑީ) ސަރުކާރުގެ ބާރު އަތުލައި، އެ ޕާޓީގެ މަޤްބޫލު ލީޑަރު އޯންގ ސާން ސޫޗީ ހައްޔަރުކޮށްފައެވެ.

މިޔަންމާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ