އެމެރިކާއަށް އަރާފާނެ ދުރު ރާސްތާ މިސައިލްތަކެއް ޕާކިސްތާނުން އުފައްދަމުންދާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލް އަކު ވިދާާޅުވެއްޖެ އެވެ.
މިކަން އެބޭފުޅާ ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ބެލިސްޓިކް މިސައިލް ޑިވެލޮޕްމަންޓް ޕްރޮގްރާމާ ގުޅޭ އާ ބުރެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ.
”ޕާކިސްތާނުގެ އަމަލުތަކަކީ އެމެރިކާއަށް އުފެދިފައިވާ ނުރައްކަލެއް ނޫން އެހެން ކަމެއްގެ ގޮތުގައި ދެކުން އަޅުގަނޑުމެންނަށް އުނދަގޫ،“
ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވެފައި ވަނީ ޕާކިސްތާނުން ދިގު ރާސްތާގެ ބެލިސްޓިކް މިސައިލް ސިސްޓަމްތަކުން ފެށިގެން މާ ބޮޑެތި ރޮކެޓް މޯޓަރުތަކާ ހަމައަށް ދުވަހެއް ދުވަހަކަށް މިސައިލް ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާ ކަމަށެވެ. މިހެން ކަމުން މި ކަމުގެ ބިރު އޮތީ ހަމަ އެކަނި އެމެރިކާއަށް ނޫން ކަމަށާއި އޭޝިއާގެ މާ ދުރަށް ވެސް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
”މިފަދަ ސިޔާސަތުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސަރަހައްދުގެ ސްޓްރެޓެޖިކް ސްޓެބިލިޓީއަށް ވެސް ނުރައްކާތެރި އަސަރުތަކެއް ކުރާނެ،“
މި ނުރައްކަލާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕާކިސްތާނުގެ މަސްދަރުތަކުން ބުނީ ޕާކިސްތާނުގެ ތެޅުން އޮތީ ”އިރުމައްޗަށް“ ކަމަށާއި އިސްލާމްއާބާދުގެ ހަތިޔާރު ހުޅަނގަށް އިޝާރާތް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި ޕާކިސްތާނަކީ އާންމު ގޮތެއްގައި އިރުމަތީ ބޯޑަރުން އަންނަ ނުރައްކާތަކަށް ފޯކަސް ކުރާ ގައުމެއް ކަމަށްވެސް އެތޭރޭގެ ފަރާތް ތަކުން ވަނީ ހާމަކޮށްފަ އެވެ.