ސީރިއާ އޮތީ އެ ޤައުމުގެ ރެފިއުޖީންނަށް އަލުން މަރުހަބާ ކިޔޭނެ ހާލަތެއްގައި ނޫން

Advertisement

Advertisement

އެންމެ ފަސް

Advertisement

ސީރިއާގެ ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ރެފިއުޖީންކަމުގައިވާއިރު، އެމީހުން އަނބުރާ އައުމާއި އައު ސިޔާސީ މަސްރަޙުގައި އެމީހުން ބައިވެރިވުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއްކަމަށް ސިރިއަން އެސޯސިއޭޝަން ފޯ ސިޓިޒަންސް ޑިގްނިޓީގެ ޕްރޮގްރާމް ޑައިރެކްޓަރ ލަބީބް ނަހާސް އަލްޖަޒީރާއަށް ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ނަހާސް ވިދާޅުވި ގޮތުގައި، ”ސީރިއާއަކީ ޤައުމެއްގެ ގޮތުން … ކުއްލިއަކަށް ތިން، ހަތަރު، ފަސް މިލިއަން ރެފިއުޖީން އައުމަށް ތައްޔާރުވެފައިވާ ޤައުމެއް ނޫން.“ ކަމަށެވެ. އަދި އިތުރަށް ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަޙުގައި ރެފިއުޖީން ބައިވެރިކުރުމަށްޓަކައި، ”މަދަނީ މުޖުތަމަޢު ބާރުވެރިކުރުވަންޖެހޭ“ އެވެ.

އދ.ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ ހަމައަށް، މަދުވެގެން 7.4 މިލިއަން ސީރިއާގެ ރައްޔިތުން އަދިވެސް އެތެރޭގައި ގެދޮރު ދޫކޮށްފައި ތިބިއިރު، ގާތްގަނޑަކަށް 4.9 މިލިއަން މީހުން އަވައްޓެރި ޤައުމުތަކުގައި، ޚާއްޞަކޮށް ތުރުކީގައި، ހިމާޔަތަށް އެދިފައިވެ އެވެ. އިތުރު 1.3 މިލިއަން މީހުން އެހެން ޤައުމުތަކުގައި، ގިނައިން ޔޫރަޕުގައި، އަލުން ވަޒަންވެރިވެފައިވެ އެވެ.

މި ހަފްތާގައި، ގިނަ ޔޫރަޕުގެ ޤައުމުތަކުން ހިމާޔަތަށް އެދުމުގެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ. މީގެ ސަބަބުން ދިހަ ހާސްތަކެއްގެ މީހުން ސީރިއާއަށް އަނބުރާ ދިއުމާމެދު ނިންމުމެއް ނުނިންމި އެބަތިބި އެވެ.

އެންމެ ގިނަ އަދަދެއްގެ ސީރިއާގެ ރެފިއުޖީން ރަޖިސްޓްރީވެފައިވާ ޤައުމުތަކުގެ ތެރޭގައި ތުރުކީ (3,112,683)، ލެބަނަން (774,697)، އަދި ޖަރުމަނު (716,728) ހިމެނެއެވެ.

މި ހާލަތުގައި، ސީރިއާގެ ރެފިއުޖީން އަނބުރާ ޤައުމަށް ގެނައުމާއި، އެމީހުން އަލުން ވަޒަންވެރިކުރުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ސީރިއާގެ ހުދުމުހުތާރު ވެރިކަން ވެއްޓުނީ މިދިޔަ ހަފްތާގަ އެވެ. އަދި އެ ޤައުމުގައި ރަސްމީކޮށް އައު ސަރުކާރެއް އެކުލަވާލާފައިނުވާއިރު، އެ ޤައުމުގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލްކުރާ ހަނގުރާމަވެރިންގެ ޖަމިއްޔާ އަދިވެސް އޮތީ ގިނަ ޤައުމުތަކުގެ ޓެރަރިސްޓުންގެ ލިސްޓުގަ އެވެ.

ސީރިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ