އެމެރިކާއިން ސީރިޔާއަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމެރިކާ ސަރުކާރުން ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި އައު ސިޔާސަތާ ގުޅިގެން ދޭންފަށާފައިވާ ލުއިތަކެކެވެ.

ހުކުރު ދުވަހު އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފަރުދުންނާއި ޖަމާއަތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިދީފަ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އައު އިންވެސްޓްމަންޓްތަކާއި އަމިއްލަ ސިނާއަތްތަކުގެ ހަރަކާތްތަކަށް މަގުފަހިވާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 2019 ވަނަ އަހަރު ފާސްކޮށްފައިވާ ”ސީޒަރ ސީރިޔާ ސިވިލިއަން ޕްރޮޓެކްޝަން އެކްޓް“ އަށް އިސްތިސްނާއެއް ދީފައިވެ އެވެ. މި އިސްތިސްނާގެ ސަބަބުން ބޭރުގެ ބައިވެރިންނާއި، އެކުވެރި ޤައުމުތަކާއި، އަދި އެ ސަރަޙައްދުގެ ޤައުމުތަކަށް ސީރިޔާގެ ވަސީލަތްތައް އިތުރަށް ބޭނުންކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ މި އިސްތިސްނާގެ ސަބަބުން ކަރަންޓާއި، ހަކަތައާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެ، ސީރިޔާގެ އެކި ސަރަޙައްދުތަކުގައި އިންސާނީ އެހީތެރިކަން އިތުރަށް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާކަން ޓްރަމްޕް ހާމަކުރެއްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އެމެރިކާ ސީރިޔާ ޓްރަމްޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ