ތުރުކީ ސަރުކާރުން އިންސްޓަގްރާމް ބްލޮކް ކުރަން ނިންމައިފި އެވެ.
ތުރުކީ އިން މިގޮތަށް އަމަލުކުރީ އިންސްޓަގްރާމުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މަރާއި ގުޅިގެން އެކި މީހުން ޝާއިއުކުރާ ތައުޒިޔާގެ ޕޯސްޓްތައް ބްލޮކް ކުރުމާއި ގުޅިގެން ނެވެ.
އިންސްޓަގްރާމް އިން އެ ޕޯސްޓުތައް ސެންސާ ކުރީ އެއްވެސް އުސޫލެއް ބަޔާންކުރުމެއްނެތި ކަމަށް ތުރުކީ އިން ބުނެފައި ވެއެވެ.
އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ ޕްލެޓްފޯމްސް އިން ތުރުކީގައި އިންސްޓަގްރާމް މަނާކުރުމާ ގުޅޭ ގޮތުން އެއްވެސް އެެއްޗެއް ބުނެފައި ނުވެ އެވެ.
ތުރުކީގެ އިންފޮމޭޝަން ޓެކްނޮލޮޖީސް އެންޑް ކޮމިއުނިކޭޝަން އޮތޯރިޓީ (ބީޓީކޭ) އިން ވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހު މި ނިންމުން އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.



