ފުވައްމުލަކުގައި ޓިވެޓް ސެންޓަރަކާއި ޖޫނިއާ ކޮލެޖެއް ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ނަމަކަށް ކިޔާ ކުންފުންޏަކާއި އެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުންތަކުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޢާއިޝަތު ހިކުމާ އެވެ. އަދި ސެންޓްރަލް ލައިން ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އާސިމް އެވެ.
މި ރަސްމިއްޔާޓުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވާހަކަ ދެއްކެވިއެވެ. ޝަފީއު ވިދާޅުވީ އަންނަ އަހަރު ނިންމެންވާއިރަށް މަސައްކަތުގެ ބޮޑުބައި ނިންމައި 2027 ވަނަ އަހަރު އެތަން ބޭނުން ކުރަން ފެށޭ ގޮތް ހެދުމަކީ އަމާޒެއް ކަމަށެވެ.
ޝަފީއު ވިދާޅުވީ ފުވައްމުލައް ސިޓީ ވެސް ތައުލީމީ ސިޓީއެއްގެ ގޮތުގައި ތަރައްގީ ވެގެންދާނެ ކަމަށާއި ނަދޫގައިވެސް އެމްއެންޔޫގެ އިތުރުން އައިޔޫއެމްގެ ކެމްޕަސް ތަަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ތެރޭގައި ތަރައްޤީ ކުރާ މިފަދަ މަރުކަޒުތަކުގެ ސަބަބުން ޒުވާނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި މިފަދަ މަރުކަޒުތަކަކީ ތަޢުލީމް ފޯރުކޮށްދިނުމަށް އިތުރުވާ ބޮޅެއް ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ފުވައްމުލަށް ސިޓީ



