ޑިޕާއި ގެ ލަނޑާއެކު ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

Advertisement

އެންމެ ފަސް

Advertisement

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މެމްފިސް ޑިޕާއި ޖެހި ލަނޑާއެކު ޕޮލެންޑް ކައިރިން 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

ކޮލިފައިންގެ ގުރޫޕު ”ޖީ“ ގެ އެއްވަނައިގައި ނެދަލެންޑްސް އިން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ހޯދާފަ އެވެ. އެ ޓީމަށް 17 ޕޮއިންޓު ލިބިފައިވާއިރު ދެވަނަައިގައި ޕޮލެންޑަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ދެ ޓީމުގެ ދެމެދުގައި ފައިދާ ލަނޑުގެ ފަރަގު 13 ގައި އުޅޭއިރު، ނެދަލެންޑްސް ކޮލިފައިނުވުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ޕޮލެންޑަށް ޕްލޭ އޮފްގެ ޖާގަ ޔަގީން ވެފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރޮބަޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަކުބް ކަމިންސްކީ ވަނީ ލަނޑެއް ޖަހައި ޕޮލެންޑަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހަފު ފެށިގެން ދެވަނަ މިނެޓުގައި ޑޮނެޔެލް މަލެން ބޮލުން ޖެހި ބޯޅަ، ޕޮލެންޑުގެ ކީޕަރު ދިފާއު ކުރިނަމަވެސް، ޑިޕާއި ވަނީ ދެވަނަ ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ނެދަލެންޑްސް އަށް ނަތީޖާ ހަމަހަަމަ ކޮށްދީފަ އެވެ.

ނެދަލެންޑްސް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ، ޑިޕާއި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމަށް އަށް ލަނޑު ޖަހައިދީފަ އެވެ. އޭނާ އަށް ވުރެ ގިނަ ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ އާލިން ހާލަންޑެވެ. ހާލަންޑު ވަނީ މިހާތަނަށް 14 ލަނޑު ޖަހަފަ އެވެ.

ވޯލްޑް ކަޕްގެ ޖާގަ ޔަގީން ކުރުމަށް ނެދަލެންޑްސް އަށް ލިތުއޭނިއާ އަތުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ވޯލްޑް ކަޕް ކޮލިފައިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ