ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ލޫތު މުހައްމަދު ހުސައިން އައުކޮށްފިއެވެ.
ބަހްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ލޫތު މި ރެކޯޑު އާކޮށްފައިވަނީ 02:41.02 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އިޒްޔާން ނާޒިމްއެވެ. އެއީ މިއަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސްގައި 02:45.21 އިން އިވެންޓު ފުރިހަމަކޮށްގެނެވެ.
އޭޝިއަން ޔޫތު ގޭމްސްގައި އަމްނާ ތަޒްކިޔާ މިރުސާދު ވެސް ވަނީ ގައުމީ ތިން ރެކޯޑެއް އައުކޮށްފައެވެ.



