އަންހެނުންގެ ލޯންގކޯސް 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހަމްނާ އަހުމަދު އާކޮށްފިއެވެ.
ހަންގޭރީގައި ކުރިއަށް ދިޔަ އެގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ހަމްނާ މިރެކޯޑް އާކޮށްފައިވަނީ 03:03.69 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްސްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 03:04.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ހަމްނާ ވަނީ އަންހެނުންގެ ލޯންގކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑުވެސް މިދިޔަ ހަފުތާގައި އާކޮށްފައެވެ.



