11 އަހަރަށްފަހު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

11 އަހަރަށްފަހު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވަން ނިންމައި، ޑިސެންބަރު މަހަށް ތާވަލުކޮށް، މުބާރާތް އިފުތިތާހުކޮށްފިއެވެ.

މި މުބާރާތަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު، އިންޓެނޭޝަނަލް ކެރަމް ފެޑްރޭޝަން (އައިސީއެފް) ގެ އެއްބާރުލުމާއެކު ބާއްވާ މުބާރާތެކެވެ.

ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕް ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހު 2 އިން 6 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާ ގައެވެ.

ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕް އިފުތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ. ރާފިއު އެވެ. ހެންވޭރު ބޯޅަ ގޭގައި އިއްޔެ ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި މުބާރާތުގެ ލޯގޯގެ އިތުރުން ޕޯސްޓަރުވެސް އިފުތިތާހުކޮށްފައިވެއެވެ.

މުބާރާތް އިފުތިތާހުކޮށްދެއްވުމަށްފަހު ވަޒީރު ވިދާޅުވީ، މިފަދަ މުބާރާތްތައް ބޭއްވުމުގެ ބޭނުމަކީ، ދިވެހިރާއްޖެ އަކީވެސް ކުޅިވަރުގެ މުބާރާތްތައް ހޯސްޓުކުރުމުގައި ޑެސްޓިނޭޝަނެއްގެ ގޮތުގައި ތައާރަފްވެ، އެންމެ އުސް ހަރުފަތަށް ވެވިދާނެކަން މުޅި ދުނިޔެއަށް ދެއްކުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މުބާރާތް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުން ކަމަށެވެ. އަދި މިފަދަ މުބާރާތްތައް ހޯސްޓުކުރުމުގެ ސަބަބުން ރާއްޖޭގެ އެހެނިހެން ކުޅިވަރުތަކަށް ވަރަށް ބޮޑު ބޫސްޓެއް އަންނާނެ ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން 20 އަށްވުރެ ގިނަ ގައުމުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މިއީ ކެރަމްގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ އެތުލީޓުން ވާދަކުރާނެ މުބާރާތެވެ.

ކެރަމް ވޯލްޑް ކަޕަކީ އައިސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިޔަށްދިޔަ މުބާރާތުގައި ރާއްޖެއިން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހާސިލްކޮށްފައެވެ.

ކެރަމް ވޯލްޑް ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ