ބްރެޒިލްގެ ބޮޓަފޯގޯ އިން ޕީއެސްޖީ ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ ބްރެޒިލްގެ ބޮޓަފޯގޯ އިން 1-0 ގެ ނަތީޖާއަކުން ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި އެވެ.

ޕީއެސްޖީން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ފެށުން ރަނގަޅު ކޮށްފައެވެ. ނަމަވެސް، ރޭ ބްރެޒިލްގެ ކްލަބް އަތުން ބަލިވުން ވެގެންދިޔައީ ގިނަ ބަޔަކު ހައިރާން ކުރުވި ކަމަކަށެވެ.

ރޭގެ މެޗުގެ ހަމައެކަނި ލަނޑު، 24 ވަނަ މިނެޓުގައި ބޮޓަފޯގޯ އަށް ކާމިޔާބުކޮށްދިނީ އިގޯ ޖީސޫސް އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޕީއެސްޖީގެ ޑިފެންޑަރު ވިލިއަމް ޕަޗޯ ގައިގައި ޖެހިފަ އެވެ.

ދެވަނަ ހާފުގައި ޕީއެސްޖީއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ކްވިޗާ ކްވަރަޝްކޭލިއާ އާއި ގޮންސާލޯ ރާމޯސް އަށް ލިބުނު ފުރުސަތުތަކުގައި ބޮޓަފޯގޯގެ ޑިފެންޑަރުން ވަނީ ހުށިޔާރު ކަމާއެކު ޑިފެންސް ކޮށްފަ އެވެ.

މި މެޗުން މޮޅުވުމާއެކު ބޮޓަފޯގޯ ވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި ބާކީ އެންމެ މެޗެއް އޮތް އިރު، ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބޮޓަފޯގޯ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް ޕީއެސްޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ