ނޭމާ އަށް އަނިޔާވެ އަނެއްކާވެސް ބްރެޒިލް ސްކޮޑުން ބާކީ ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބްރެޒިލްގެ ތަރި ނޭމާ އަށް އަނިޔާވެ، ސްކޮޑުން ބާކީ ކުރުމަށްފަހު، ރެއާލަށް ކުޅޭ ޒުވާން އެންޑްރިކް ޓީމަށް ނަގައިފިއެވެ.

2023 ވަނަ އަހަރު އޮކްޓޫބަރު މަހު އުރުގުއޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އޭގެ ފަހުން، އޭނާ އަށް ޖާގަ ލިބިފައިނުވާއިރު، މި މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ސްކޮޑަށް އޭނާ ނެގުމަށް ޓީމުން މީގެކުރިން ވަނީ ނިންމާފައެވެ.

ބްރެޒިލްގެ ސްކޮޑަށް ނޭމާ ނެގުމަށްފަހު، އޭނާ ވަކިކުރީ ދާދި ފަހުން ލިބުނު އަނިޔާއަކާ ގުޅިގެނެވެ. މިއާއެކު، ކޮލަމްބިއާ އާއި އާޖެންޓީނާ އާ ދެކޮޅަށް ކުޅޭ މެޗުތަކުން ނޭމާ ނުފެންނާނެއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ނޭމާ ހިއްސާ ކުރި ޕޯސްޓެއްގަިއ ބުނެފައިވަނީ، އެނބުރި އައުން ވަރަށް ގާތް ވި ނަމަވެސް، އެންމެ މުހިންމު ޖާޒީ ލައިގެން މިވަގުތު އަދި ކުޅެވެން ނެތް ކަމަށެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އާއެކު އުނދަގޫ ސީޒަނެއް ހޭދަކުރުމަށްފަހު މިދިޔަ ޖެނުއަރީ މަހު ނޭމާ ވަނީ އޭނާގެ ކުރީގެ ކްލަބް ސަންތޮސް އަށް ބަދަލުވެފައެވެ. އޭނާ ވަނީ ކުޅުނު ހަތް މެޗުން ތިން ލަނޑު ޖަހައި، ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ނޭމާ އަކީ ބްރެޒިލް އަށް ދެވަނައަށް ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އޭނާ 128 މެޗު ކުޅެފައިވާއިރު، ކަފޫ ވަނީ 142 މެޗު ކުޅެފައެވެ. ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަކީ ނޭމާ އެވެ. ނޭމާ ވަނީ 79 ލަނޑު ޖަހާފައެވެ.

ނޭމާގެ ބަދަލު ޓީމުން ޖާގަ ދިން އެންޑްރިކް ވަނީ މި ސީޒަނުގައި ރެއާލަށް 28 މެޗު ކުޅެ، ހަ ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ބްރެޒިލް ސީނިއާ ޓީމަށް 13 މެޗު ކުޅެ ތިން ލަނޑު ޖަހާފައެވެ.

ނޭމާ ބްރެޒިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ