އިނގިރޭސި ލީގު ކަޕުގައި 2-1 ގެ ނަތީޖާއަކުން، ދެވަނަ ޑިވިޝަނުގެ ވަޓްފޯޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
ސިޓީން ވަޓްފޯޑާ ދެކޮޅަށް ނިކުތް އިރު، އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް ވަނީ ރެސްޓު ދީފަ އެވެ. އާދީއްތަ ދުވަހު އާސެނަލް އާ ދެކޮޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން، މި މެޗުގެ ފުރަތަމަ 11 ގައި ހިމެނުނީ ހަމައެކަނި ކައިލް ވޯކާ އާއި ޖެރެމީ ޑޯކޫ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޑޯކޫ ވަނީ ލަނޑެއް ޖަހައި، ސިޓީ އަށް ކުރިހޯދަދީފަ އެވެ. މިއާއެކު، ސިޓީން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ.
މެޗުގެ 38 ވަނަ މިނެޓުގައި މަތެއުސް ނޫނޭޒް ވަނީ ލަނޑު ޖަހައި، ޗެލްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އެއީ އޭނާ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މިއާއެކު، ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެންވެސް، ސިޓީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރު ވެފައެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވަޓްފޯޑްގެ ޓޮމް އިންސް ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް، ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.
ލީގު ކަޕުގެ ގަދަ 16 ބުރު ކުރިޔަށް ދާނީ އަންނަ މަހުގެ 29 އަދި 30 ވަނަ ދުވަހު އެވެ.



