އެންކުންކޫގެ ހެޓްރިކާއެކު، ލީގު ކަޕުގައި ޗެލްސީ އަށް ބޮޑު މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ލީގު ކަޕްގައި ރޭ ކްރިސްޓޮފާ އެންކުންކޫގެ ހެޓްރިކާއެކު، ޗެލްސީން 5-0 ގެ ނަތީޖާއަކުން ހަތަރު ވަނަ ޑިވިޝަނުގެ ބަރޯ އޭއެފްސީ އަތުން މޮޅުވެއްޖެ އެވެ.

ޗެލްސީން ބަރޯ އާ ދެކޮޅަށް ނިކުތްއިރު، ހޮނިހިރު ދުވަހު ވެސްޓް ހޭމް އާ ދެކޮޅަށް ކުޅުނު ހުރިހައި ކުޅުންތެރިންނަށް ވަނީ ރެސްޓް ދީފަ އެވެ. އެގޮތުން، ޖޮއާއޯ ފެލިކްސް އާއި އެންކުންކޫ އަށް ވަނީ މި މެޗުގެ ފުރަތަމަ 11 އިން ޖާގަ ލިބިފަ އެވެ.

މެޗު ފެށިގެން އަށްވަނަ މިނެޓުގައި ފެލިކްސް ދިން މޮޅު ޕާހަކުން، އެންކުންކޫ ވަނީ ލަނޑު ޖަހައި، ޗެލްސީ އަށް ކުރިހޯދަދީފަ އެވެ. އަދި 15 ވަނަ މިނެޓުގައި އެންކުންކޫ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ފަރަގު ބޮޑުކޮށްދީފަ އެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ބަރޯގެ ކީޕަރު، ޕޯލް ފާމަން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. ޗެލްސީގެ ފެލިކްސް ފޮނުވާލި ހިލޭ ޖެހުމެއް، ގޯލުގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފައި، ކީޕަރު ގައިގަ ޖެހިފަ އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މިކައިލޯ މުޑްރިކް ދިން ޕާހަކުން، ޕެޑްރޯ ނެޓޯ ވަނީ ލަނޑު ޖަހާފަ އެވެ. މިއީ މި ހޫނުމޫސުމުގައި ޗެލްސީ އަށް ބަދަލު ވުމަށްފަހު ނެޓޯ ޖެހި ފުރަތަމަ ލަނޑެވެ،

މެޗުގެ 75 ވަނަ މިނެޓުގައި ބަރޯގެ ކީޕަރު ފާމަން އަތުން ބޯޅަ އަތުލުމަށްފަހު، އެންކުންކޫ ވަނީ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މި ސީޒަން ފެށިއިރު އެންކުންކޫ އަށް ފުރަތަމަ 11 އިން ޖާގަ ލިބުނު ނަމަވެސް، އެދެވޭ ކުޅުމެއް ނުދެއްކުމުން، ލީގު މެޗުތަކުގެ ފުރަތަމަ 11 އިން އޭނާ ވަނީ ބާކީ ކޮށްފަ އެވެ.

އުމުރުން 26 އަހަރުގެ އެންކުންކޫ ވަނީ ޗެލްސީ އަށް މި ސީޒަނުގައި ކުޅެދިން އަށް މެޗުން ހަ ލަނޑު ޖަހާފަ އެވެ.

އިނގިރޭސި ލީގު ކަޕް ޗެލްސީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ