ވައިޕީ ވެޓެރަންސް ފުޓްސަލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ކޭކޭ ކަނޑުމައްޗަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އއ.ބޮޑުފުޅަދޫ، ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ވައިޕީ ވެޓެރަންސް ފުޓްސަލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ކޭކޭ ކަނޑުމަތިން ހޯދައިފި އެވެ.

ކަނޑުމަތިން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އަފިޔަންސް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. ކަނޑުމަތިން އަފިޔަންސް ގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެން، 7-6 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އަފިޔަންސް އިންނެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ހަސަން ސޮލާހު އެވެ. އޭގެ ފަހުން، ކަނޑުމަތިގެ ހައްމާދު މުހައްމަދު ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގައި ދެވަނަ ފަހަރަށް އަފިޔަންސް އަށް ލީޑު ލިބުނީ، ކަނޑުމަތިގެ އަލީ އިމްރާން އަތުން ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ. ނަމަވެސް، މެޗުގެ ފަހު މިނެޓުގައި ހައްމާދު ވަނީ ލަނޑެއް ޖަހައި، ކަނޑުމައްޗަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ޕެނަލްޓީގައި ކަނޑުމަތިން ވަނީ ޖެހި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް ޝަފްރާޒް، އަލީ އިމްރާން، ހައްމާދު މުހައްމަދު އަދި މުހައްމަދު ޝަފީއުގެ އިތުރުން މުހައްމަދު ޒަމީރު އެވެ. ނާކާމިޔާބުވީ ހަމައެކަނި ހަސަން ޝާމިލްގެ ޕެނަލްޓީ އެވެ.

އަފިޔަންސް އިން ޕެނަލްޓީ ކާމިޔާބުކުރެވުނީ ހަސަން ސޮލާހު އާއި އިބްރާހިމް ފުރުގާން އަދި މުހައްމަދު ރިއްފަތުގެ އިތުރުން ހަނީފް މޫސާ އަށެވެ. އެ ޓީމުގެ ރިމާހު މުހައްމަދާއި މުހައްމަދު ރިފާއު އަށް ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަނޑުމައްޗަށް ދެ ލަނޑު ޖަހައިދިން ހައްމާދު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އަފިޔަންސްގެ ރިއްފަތު އާއި އެ ޓީމުގެ ސޮލާހުގެ އިތުރުން ކަނޑުމަތިގެ ޝަފީއު އާއި ޝަފްރާޒް އަދި އަލީ އިމްރާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝަފްރާޒް އެވެ.

މިއަހަރުގެ މުބާރާތުގެ 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަނޑުމަތިގެ މުހައްމަދު ޒަމީރު އެވެ. އަދި އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ޒާހިރު އެވެ.

ވައިޕީ ވެޓެރަންސް ފުޓްސަލް ޓޯނަމެންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ