”އެޕްސްޓީން ފައިލްސް“ އާންމުކޮށްފި، ގިނަ މައުލޫމާތު ސިއްރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖިންސީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުގައި ހުއްޓަ މަރުވެފައިވާ އެމެރިކާގެ މިލިއަނަރު ޖެފްރީ އެޕްސްޓީންއާ ގުޅޭ ފައިލްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އާންމުކޮށްފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އާންމު ކުރި ”އެޕްސްޓީން ފައިލްސް“ގެ ބޮޑުބައެއް ވަނީ ސިއްރު ކޮށްފަ އެވެ.

މި ފޮޓޯތަކާއި މައުލޫމާތުތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގުޅޭ މައުލޫމާތުތައް ހުރީ ވަރަށް މަދުންނެވެ. ނަމަވެސް މީގެކުރިން އެމެރިކާގެ ކޮންގްރެސްއިން އާންމުކުރި މައުލޫމާތުތަކުގައި ޓްރަމްޕްގެ ގިނަ އަދަދެއްގެ ފޮޓޯ އަދި ޑޮކިއުމަންޓް ހިމަނާފައިވެ އެވެ.

ޖަސްޓިސް ޑިޕާޓްމެންޓުން އާންމު ކުރި މައުލޫމާތުތަކުގައި ފާހަގަކުރެވެނީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، އަދި ބައެއް ވިޔަފާރިވެރިންނާއި އެމެރިކާގެ މަޝްހޫރު ފަންނާނުންނެވެ.

”އެޕްސްޓީން ފައިލްސް“ ގައި ހުރި ބައެއް ފޮޓޯ–

އާންމުކޮށްފައިވާ ފޮޓޯތަކުގައި އެޕްސްޓީންގެ ރަށުގައި ގާއިމުކޮށްފައިވާ އިމާރާތްތަކުގެ އެތެރޭގެ ފޮޓޯތަކާއި އެކިއެކި ޑޮކިއުމަންޓްތަކުގެ ފޮޓޯތައް އަދި އެޕްސްޓީންގެ ގިނަ އަދަދެއްގެ ފޮޓޯތައް ހިމަނާފައިވެ އެވެ. އަދި އެޕްސްޓީންގެ އެކިއެކި އެޕާޓްމެންޓްތަކުގެ އެތެރޭގެ ފޮޓޯ އަދި ހެކީގެ ގޮތުގައި ބޭނުންކޮށްފައިވާ ފޮޓޯތައްވެސް ވަނީ އާންމުކޮށްފަ އެވެ.

”އެޕްސްޓީން ފައިލްސް“ ގެ ގޮތުގައި މަޝްހޫރުވެފައިވާ މި މައްސަލައާ ގުޅޭ މައުލޫމާތު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އާންމުކުރިނަމަވެސް ގިނަ މައުލޫމާތުތަކެއް ވަނީ ސިއްރުކޮށްފަ އެވެ. އެގޮތުން ބައެއް މައުލޫމާތުތައް ސިއްރުކޮށްފައިވަނީ ޖެފްރީ އެޕްސްޓީންގެ އަނިޔާގެ ޝިކާރައަކަށްވި މީހުންގެ މައުލޫމާތުތައް ސިއްރު ކުރުމަށް ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފައިވެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން މި މައުލޫމާތުތައް ހާމަކޮށްފައިވަނީ އެމެރިކާގެ ކޮންގްރެސްއިން އެޕްސްޓީންއާ ގުޅޭ ހުރިހާ މައުލޫމާތެއް އާންމުކުރުމަށް ފާސްކުރި މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށެވެ. އެޕްސްޓީންއާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ފާސްކުރިނަމަވެސް ގިނަ މައުލޫމާތުތަކެއް އަދިވެސް އާންމު ނުކޮށް ހުރުމުން އަދި އާންމު ކުރި މައުލޫމާތުތަކުގައިވެސް ބޮޑުބައެއް ސިއްރު ކޮށްފައި ހުރުމުން އެކަމުގެ ނުރުހުން ކޮންގްރެސްގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން އަންނަނީ ފާޅުކުރަމުންނެވެ.

”އެޕްސްޓީން ފައިލްސް“ ގައި ހުރި ބައެއް ފޮޓޯ–

އެޕްސްޓީންއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި 2005 ވަނަ އަހަރު ތަހުގީގުކުރަން ފެށި މީހެކެވެ. އޭނާގެ މައްޗަށް 2008 ވަނަ އަހަރު 18 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި 2019 ވަނަ އަހަރު ސެކްސް ޓްރެފިކިންގގެ ތުހުމަތުގައި އަލުން ހައްޔަރުކުރުމަށްފަހު، އޮގަސްޓު 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި ’ކުއްލިގޮތަކަށް‘ މަރުވި އެވެ.

އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ