ފަހި ދިރިއުޅުން ފެލްޓްތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކޮށްދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް ދެއްކި މީހުންގެ ފައިސާ ކުލިން އުނިކޮށްދޭގޮތަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އަމާން އުދަރެސް 16 ޓަވަރާއި، އަމާން ދޯދި 16 ޓަވަރާއެކު ހުޅުމާލެ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން 32 ޓަވަރު އިމާރަތްކޮށްފައިވެ އެވެ. އަދި އިމާރަތްތަކުގެ މަސައްކަތް ނިންމައި، ފްލެޓް ލިބޭ މީހުންގެ އެގްރީމެންޓުގައި ސޮއިކޮށް، މިހާރު އަންނަނީ ތަޅުދަނޑިތައްވެސް ހަވާލުކުރަމުންނެވެ. ތަޅުދަނޑި ހަވާލުކުރަމުންގެންދިޔައީ، ސެކިއުރިޓީ ޑިޕޮސިޓް ދައްކަމުން ދިޔަ ފަރާތްތަކަށެވެ.

ފްލެޓްތަކުގެ ކުރީގެ އަގުތައް

ފްލެޓްގެ ބާވަތް ޑައުންޕޭމަންޓް (ރުފިޔާ) މަހު ފީ – މެއިންޓެނަންސް ހިމެނޭހެން (ރުފިޔާ)
2 ކޮޓަރީގެ ފްލެޓް 15,000ރ. 8,000ރ.
3 ކޮޓަރީގެ ފްލެޓް 25,000ރ. 10,500ރ.

ނަމަވެސް ފްލެޓްތަކުގައި ކުއްޔާއި، ޑައުންޕޭމަންޓް ބޮޮޑުކަމުގެ ޝަކުވާއާއެކު، ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުއްޔާއެކު ޑައުންޕޭމަންޓްވެސް ކުޑަކުރަން ނިންމައި، އެކަން އިއުލާންކޮށްފަ އެވެ. ރައީސް އިއުލާންކުރެއްވި އުއުލާން ކުރެއްވުމާއެކު ހައުސިން މިނިސްޓްރީން މިއަދު ވަނީ ފްލެޓްތަކުގެ ކުއްޔާއި، ޑައުންޕޭމަންޓް ކުޑަކޮށް، ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ފްލެޓްތަކުގެ އައު އަގުތައް

ފްލެޓްގެ ބާވަތް މަހު ކުލި (ރުފިޔާ) މެއިންޓެނަންސް ފީ (ރުފިޔާ) ޖުމްލަ މަހު ފީ (ރުފިޔާ) ސެކިއުރިޓީ ޑިޕޮސިޓް (ރުފިޔާ)
2 ކޮޓަރީގެ ފްލެޓް 6,000ރ. 1,000ރ. 7,000ރ. 6,000ރ.
3 ކޮޓަރީގެ ފްލެޓް 8,500ރ. 1,500ރ. 10,000ރ. 8,500ރ.

މިނިސްޓްރީން މިރޭ ބުނި ގޮތުގައި، ކުރިން ބޮޑު އަދަދަކަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކުގެ ފައިސާ އެޖަސްޓުކޮށްދެވޭނެ އެވެ. 3 ކޮޓަރީގެ ފްލެޓުތަކަށް 25،000 ރުފިޔާ ދެއްކި ފަރާތްތަކުގެ އަތުން އައު ޑިޕޮސިޓްގެ އަދަދު ކަމަށްވާ 8،500 ރުފިޔާ އުނިކުރުމަށްފަހު، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކޮށްދެވޭނެ އެވެ. ހަމަ އެގޮތަށް، 2 ކޮޓަރީގެ ފްލެޓުތަކަށް 15،000 ރުފިޔާ ދެއްކި ފަރާތްތަކުގެ އަތުން އައު ޑިޕޮސިޓްގެ އަދަދު ކަމަށްވާ 6،000 ރުފިޔާ އުނިކުރުމަށްފަހު، ބާކީ ހުރި ފައިސާ ވެސް ކުރިއަށް ހުރި މަސްތަކުގެ ކުލިން އެޖަސްޓުކޮށްދެވޭނެ އެވެ.

ބައެއް ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ސްކޫލް ކިޔެވުން ފެށުމުގެ ކުރިން، އެ ތަނުގައި މީހުން އާބާދުކޮށް ނިންމުމެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ